English Edition
Dhivehi Edition

ހިތަދޫ ޔޫތު ސެންޓަރުގައި ބެޑްމިންޓަން ހޯލެއް އެޅުމުގެ މަސައްކަތް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އޭޕީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ކައުންސިލްގެ އިދާރާގައެވެ.

މިމަޝްރޫޢުގެ ދަށުން ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަޤުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 6،061،191.4ރ ޚަރަދުކޮށްގެން އަޅާ މިބެޑްމިންޓަން ހޯލުގެ މަސައްކަތް ނިންމަށް ކަނޑައަޅާފައިވަނީ120 ދުވަހުގެ ތެރޭގައެވެ.

ދާދި ފަހުން ޔޫތް މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ބެޑްމިންޓަން ކޯޓުތައް ތަރައްޤީ ކުރައްވާނެ ކަމަށް ކުޅިވަރުގެ ވަޒީރު ވިދާޅުވިއެވެ.