English Edition
Dhivehi Edition

ފައި ހުރި ކަޅު ކުލައިގެ ވަރަށް އާދަޔާއި ޚިލާފު މަހެއް ނިއުޒީލެންޑުގެ ރައްށެއްގެ އައްސޭރި ފަށުން ފެނިއްޖެ އެވެ.

މި މަސް ފެނިފައިވަނީ ތިން މީހަކު އެ ރަށަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުމުގެ ތެރޭގަ އެވެ. އެއީ ކްލައުޑިއާ ހޯވްސް، ގްލެނީސް ހޯވްސް އަދި ޖޭމްސް ބިއުވިންކް އެވެ. މި މަސް އެތިން މީހުންނަށް ފެނިފައި ވަނީ މި ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. އެމީހުން ހައިރާންވެ ތިބުމަށްފަހު އެމަސް ނަގާ ފޮނުވާލީ ނިއުޒީލެންޑުގެ މިއުޒިއަމަށެވެ.

aa

މިއުޒިއަމްގެ ފޭސްބުކް ގައި އެމީހުން ފުރަތަމަ ބުނެފައިވަނީ އެއީ “ފައި ހުރި މަސް” ކަމަށާއި އެބޮޑަށް ބެލެވެނީ “ބޮއް މަސް” (ފްރޮގް ފިޝް) ކަމަށެވެ.

އެ މިއުޒިއަމްގައި މަސައްކަތް ކުރާ މަހުގެ ޚާއްސަ މާހިރެއް ކަމަށްވާ އެންޑްރޫ ސްޓެވާޑް މިހާރުވަނީ އެއީކޮން ވައްތަރެއްގެ މަހެއްކަން ހޯދައިގެންފައެވެ. އެއީ ރޮނގު ދެމި ބޮއް މަހެއްކަމަށާއި އަދި ކޮންމެވެސް ވަރަކަށް ކެހެރިވެސް ހުރި މަހެއް ކަމަށެވެ. އެމަހުގެ އާއިލީ ނަމަކީ “އެންޓެއްނަރިއަސް ސްޓްރައިޓަސް” އެވެ. އެމަހުގެ ޕޯސްޓް މޯޓަން ހެދި ދިރާސާކުރާ މީހުން އިތުރަށް ތަހުލީލު ކުރުމަށް ވަނީ އޭގައިން ކުޑަ ޓިޝޫކޮޅެއް ނަގާ ފައެވެ.

aa2އާއްމު ގޮތެއްގައި މިވައްތަރުގެ މަސްމަހުގެ ހަންގަޑުގައި ފާޅުވާ ގޮތަށް ރޮނގު ތަކެއް ނުވަތަ ތިކިތަކެއް ހުރެ އެވެ.

ނަމަވެސް މިމަހުގެ ކުލަ ވަރަށް ބޮޑަށް ކަޅުކޮށް ހުރުމުން އެކަން އެހާ ބޮޑުކޮށް ފާހަގަ ނުވެއެވެ.

“މި މަހުގެ ކުލަ އާދަޔާއި ޚިލާފަށް ކަޅު. އެހެން ކަމުން މީގެ ހުންނަ ލަތްތައް ފެންނަނީ ވަރަށް ފަނޑުކޮށް،” މިއުސިއަމްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.

މީގެ ފެންނަން ހުންނަ ލަތްތައް ބޮޑަށް ވައްތަރީ އެންޖަލް ފިޝް އާއި ކަމަށް އޭގައި ބުނެފައި ވެއެވެ. ދިރާސާ ކުރާ މީހުން ބުނާގޮތުން އެއާއި ބެހޭ ނަޒަރިއްޔާ އަދި އެހާ ސާފެއް ނޫން ކަމަށާއި ނަމަވެސް އޭގެއިން ނެގިފައިވާ ޓިޝޫ އިތުރަށް ތަހުލީލު ކުރުމުން މިކަމަށް އެކަށީގެންވާ ޖަވާބެއް ލިބޭނެ ކަމަށެވެ.

aa4މިވައްތަރުގެ ބޮއްމަހަށް ކަނޑުގެ އަޑީގަ ވެލިގަނޑުގައި ފައިބޭނުން ކޮށްގެން ހިނގާ އުޅެވެ އެވެ.

އެ މަހަކީ އެހާ ބޮޑު މަހެއް ކަމުގައި ނުވިޔަސް އެއީ ނުރައްކާތެރި “ކާނިވޯސް” ބާވަތުގެ މަހެކެވެ. މިއަށް ކިޔާ އުޅެނީ “ކެނިބަލްސް” އެވެ.

އެ މަހަށް ބޭނުންވާ ކާނާ ދަމާއިގަންނަން އޭގެ ބޯމަތީގައި ފަންޏެއްގެ ވަށްތަރަށް ހުންނަ އެއްޗެއްގެ އެހީގަ އެވެ.

އޭގެ އަނގަ ވަރަށް ބޮޑަށް ހުޅުވާލެވެއެވެ. އެހެންކަމުން އޭގެ ސައިޒުގެ މަސްވެސް އަގައިގެ ތެރެއަށް ދަމާއި ގަނެގަން ކާލާކަށް އެއަކަށް މާ އުނދަގުލެއް ނުވާނެ ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ.

މިއުސިއަމްގެ ފޭސްބުކް ޕޭޖްގައި އިތުރަށް ބުނެފައި ވަނީ މިވައްތަރުގެ ބޮއްމަހަކީ އެއްމެ ހަލުއިކޮށް ދަތް އަޅާލާ ޒާތުގެ ވާޓިބްރޭޓެއް ކަމަށެވެ. ގާތްގަނޑަކަށް 22. ރައިފަލް އުންޑައަކަށް ވުރެ ވެސް އަވަސް ވޭނެ ކަމަށެވެ.