English Edition
Dhivehi Edition

ހައްޖު ކޯޕަރޭޝަންގެ ހައްޖު އޮޕަރޭޝަން މެނޭޖަރ މަގާމުން ވަކިކޮށްފި އެވެ. ހައްޖު ކޯޕަރޭޝަންގެ ހައްޖު އޮޕަރޭޝަން މެނޭޖަރަކަށް ހުންނެވީ އަހުމަދު އަސްލަމް އަބްދުﷲ އެވެ. އަސްލަމް ކުއްލި ގޮތަކަށް އެމަގާމުން ވަކިކޮށްފައިވަނީ މަގާމުން އިސްތިއުފާ ދިނުމަށް އެންގުމަށް ފަހުގައި ކަމަށް އޮންލައިން ނޫސް “ފެށުން؟ގައި ވެއެވެ.

ފެށުމުގައި ވާގޮތުން އަސްލަމް މަގާމުން ވަކިކުރިކަން އަންގައި، އޭނާއަށް މިއަދު ވަނީ ޗިޓް ހަވާލުކޮށްފައެވެ. އެ މަގާމުގައި އޭނާ ހުންނަތާ ދެ އަހަރު ފަހުން ވަކިކޮށްފައިވަނީ ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ބުނެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހައްޖު އޮޕަރޭޝަން މެނޭޖަރަކަށް ހުންނެވި އަސްލަމް ވަކިކުރުމުގެ ކުރިން އޭނާގެ ބަަދަލުގައި އެހެން ފަރާތެއް އެމަގާމަށް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

ރާއްޖޭގައި ހައްޖަށާއި އުމްރާއަށް މީހުން ގެންދިއުމަށް ގިނަ އޭޖެންސީ ތައް ތިބޭއިރު މިއީ ދިވެހި ސަރުކާރު ހިއްސާވާ ފުޅާދާއިރާ އެއްގައި ހައްޖަށް މީހުން ގެންދާ ކުންފުންޏެކެވެ.