English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ޚާއްޞަ ދައުވަތެއް ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޤަބޫލުފުޅުކުރައްވައި ކާށިދޫ އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ޑރ.ޝަހީމް ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވީ، ރޯދަމަސް އިޙްޔާކުރުމަށް ކާށިދޫ ދާއިރާގައި ބާއްވާ އިޙްޔާކުރުމުގެ ޚާއްޞަ ހަފްލާގައި ތަޤްރީރުކުރަން ދައުވަތު ދެއްވާފައިވާ ކަމަށެވެ.“ކާށިދޫ ދާއިރާއަށް އިންތިޚާބު ކުރެވިފައިވާ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު، އެ ދާއިރާގައި ބާއްވާ ރޯދަމަސް އިޙްޔާކުރުމުގެ ޚާއްޞަ ހަފްލާގައި ތަޤްރީރުކުރަން އަޅުގަނޑަށް ދަޢުވަތު ދެއްވީތީ ޝުކުރުދަންނަވަން. އަޅުގަނޑު ވާނީ ދަޢުވަތު ޤަބޫލުކޮށްފައި.” ޝަހީމް ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި އަބްދުލްﷲ ޖާބިރު ގެންދަވަނީ އެ ދާއިރާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

ރޯދަމަސް އިޙްޔާ ކުރުމަށް ގާފަރު އަދި ކާށިދޫ ހިމެނޭ ކާށިދޫ ދާއިރާއަށް އޯއައިސީގެ އިސް މަޤާމެއް ފުރުއްވަމުންދާ ޑރ.ޝަހީމް ވަޑަައިގަންނަވަން ނިންމެވިއިރު، ސަރުކާރުން އަދި މަޢުމޫން އިޙްޔާ ޕްރޮގްރާމްތައް ބާއްވަނީ މާލޭގައެވެ.