ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުން ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގައި، އެ މިސްކިތް ވިއްކާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެއެވެ. މެމްބަރ އީވާ މިހެން މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ހުށަހަޅުއްވައި، މެމްބަރުންނަށް ބަހުސް ކުރުމަށް ވަނީ ފުރުސަތު ހުޅުވާލައްވާފަ އެވެ. އެބިލް ހުށަހަޅުއްވަމުން މެމްބަރ އީވާ ވިދާޅުވީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ އެފަދަ ތަންތަން ހިމާޔާތްކޮށް ރައްކާތެރި ކުރުން ކަމަށެވެ. އީވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ހުރި ބައެއް އާސާރީ މިސްކިތްތައް ނަގައި އެތަންތާގައި ޕާކްތައް އަޅައި އިމާރާތްތައް އެޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ނަމުގައި ބިލެއް ފަރުމާކޮށް، ހުށަހެޅުމަކުން އެތަކެތި ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.
މިފަދަ ބިލުތައް ގާނޫނަށް ބަދަލުވެ، އަމަލު ކުރަންފެށުމާއެކު، ގާނޫނު ތަންފީޒު ކުރުމާއި، ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުން މުހިއްމު ކަމަށްވެސް ލަތީފުގެ އިތުރުން އެބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން މިއަދު ވަނީ ވިދާޅުވެފައެވެ.