English Edition
Dhivehi Edition

ދަތް ނެގުމުގެ އެކި ސަބަބު ތައް ވެއެވެ. މީގެ ތެރޭގައި، ދަތް ފަނިކެއުން، ބަތްޔެއް ޖެހިގެން ނެގުން ނުވަތަ ލިބުނު އަނިޔާއެއްގެ ސަބަބުން ނެގުން ހިމެނެއެވެ. ދަތެއް އުފުރުމަށް، ދަތް ނެގުމޭވެސް ކިޔައެވެ.

ދަތް ނެގުމުގެ ފަހުން، އަނގަޔަށް ބަދަލު ތަކެއް އައުމަކީ އެކަޟީގެންވާ ކަމެކެވެ. ދަތް ނެގުމަށް ފަހު ހަދަން ވީ ގޮތުގެ އިރުޟާދު ޑެންޓިސްޓު ދޭނެއެވެ، އަދި ސުވާލެއް އޮތް ނަމަ، ޑެންޓިސްޓު ކައިރިން އެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިރީގައި ބަޔާން ކޮށްފައި މިވަނީ، ރަނގަޅު ވުމަށް ކުރެވިދާނެ ކަންކަމުގެ އާންމު ގަވައިދު ތަކެކެވެ.

ހޭނެއްތުން.

ދަތް ނެގުމުގެ ކުރިން، ރިހުން ކުޑަ ކުރުމުގެ ގޮތުން އައްސިކުރާނެއެވެ. ދަތް ނެގުމަށް ފަހުވެސް އަނގަ އައްސިކޮށް ހުރުމަކީ އެކަށީގެން ވާ ކަމެކެވެ. އަނގަ އައްސިކޮށް ވާ ވަގުތުގައި، ކޯ އެތެރޭގައި، ތުންފަތް އަދި ދުލުގައި ދަތް ނޭޅުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ދަތް ނެގުމަށް ފަހު، ހަފަން ޖެހޭ ކަހަލަގެ ހަރު ކާނާ ނުކާށެވެ. އައްސިކަން ދެތިން ގަޑިއިރު ތެރޭގައި ދާނެއެވެ، ނުގޮއްސިނަމަ، ޑެންޓިސްޓަށް ދައްކާށެވެ.

ލޭއައުން.

ލޭ އައުން މަދުކުރުމުގެ ގޮތުން، ޑެންޓިސްޓް ދަތް ނެގި ތަނުގައި، ގައުޒް ޕެކް އެއް ބޭނުންކޮށްފާނެއެވެ. މި ޕެކް، އެތާނގައި އެޅުމުން، އެތަނުގައި ލޭ ގަނޑުވުން އެކަށީގެންވެއެވެ. މި ލޭ ގަނޑުވުމަކީ ރަނގަޅު ވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. މި ޕެކު، ދަތް ނެގި ތަނުގައި 40-30 މިނެޓު ވަންދެން ބަހައްޓަން ޖެހޭނެއެވެ. ޕެކު ނަހަފާށެވެ. މި އެތިކޮޅު ނެގުމުން، ލޭ އައުން އެކަށީގެންވެއެވެ. ލޭ އައިއްސިނަމަ ކުރަންޖެހޭ ކަންކަން ތިރީގއި ބަޔާން ވެފައި މި ވަނީއެވެ.

1. ސާފު ގައުޒް ކޮޅެއް، ދަތް އެޅޭވަރަށް ފަތްޖަހާށެވެ. ފަތް ޖެހި އެތިކޮޅު، ސާފު ހޫނު ފެންފޮދަކުން ތެންމުމަށް ފަހު، ދަތް ނެގި ތަނުގައި އަޅާށެވެ.

2. އެ ޕެކު ގައި ދަތް އަޅައި 30 މިނެޓު ވަންދެން ޕްރެޟަރު ލާށެވެ. މި ޕެކު ކޮޅު ލޭ އައިސް ފޯ ވެއްޖެނަމަ، އާ އެތިކޮޅަކަށް ބަދަލު ކޮށްލާށެވެ.

3. ދަތް ނެގި ތަނުގައި އިނގިލިން ނުވަތަ ދުލުން ކޮށްޓާ ނަހަދާށެވެ.

4. ލޭ ގަނޑު ވަންދެން ކުޑަ މިންވަރެއްގެ ލޭ ކޮޅެއް އައުމަކީ އެކަށީގެން ވާ ކަމެކެވެ. ނަމަވެސް، އެތަނުން ވަރަށް ގިނައިން ލޭ އަންނަނަމަ ޑެންޓިސްޓް އަށް ދައްކާށެވެ. (މީގައި ހަނދާން ކުރަންވީ ތަންކޮޅެއް ވެއެވެ، އެއީ، ކުޑަ ލޭ ކޮޅެއް، ކުޅާއި އެއްވުމުން، ވަރަށް ގިނަ ކަމަށް ދައްކާނެއެވެ. އެހެން ކަމުން، ރަނގަޅަށް ބަލާ ޗެކު ކުރާށެވެ.)

އެތަނާ ނުބެހޭށެވެ.

ދަތް ނަގާފައިވާ ތަނުން ލޭ އައުމަކީ އެތަން ރަނގަޅު ވުމުގެ ޕްރޮސެސް ގެ ބަޔެކެވެ. އެހެން ކަމުން، އެތަނާ ބެހުމަކީ، ނުވަތަ ކޮށްޓުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެތަން ރަނގަޅަށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައް ތިރީގައި ބަޔާން ވެފައި މި ވަނީއެވެ.

  1. ސިގިރޭޓު ނުބޯށެވެ. އަދި، ގަދަޔަށް އަނގަ ނުދޮންނާށެވެ. އަދި، 24 ގަޑިއިރު ވަންދެން ހޮޅި ބެނުން ކޮށްގެން އެއްޗެހި ނުބޯށެވެ.
  2. އަނގައަށް ބާރު ކުރާ ކަހަލަގެ ކަންކަން 24 ގަޑިއިރު ވަންދެން ނުކުރާށެވެ. މީގެން ލޭ އައުން މަދުކޮށް، ލޭ ގަނޑު ވުމަށް އެހީ ތެރި ވެދެއެވެ.
  3. ބައެއް ފަހަރު ދަތް ނެގުމުގެ ދެ ތިން ދުވަސް ފާއިތުވެގެން ދާ އިރުވެސް، ލޭ ގަނޑު ނުވެ ހިނގައި ދާނެއެވެ. ނުވަތަ، ގަނޑުވެފައި ވާ ލޭ ކޮޅު ހަލާކު ވެގެން ދެއެވެ. މިހެން ވުމުގެ ސަބަބުން ‘ ޑުރައި ސޮކެޓް’ އެއް އުފެދެއެވެ. މިހެން ވުމަކީ ވަރަށް ތަދު ވާ ކަމެކެވެ، އަދި މި ހާ ލަތުގައި، ވީހާ ވެސް އަވަހަކަށް ޑެންޓިސްޓް އަށް ދައްކާށެވެ. މި ސޮކެޓު ރަނގަޅު ވަންދެންރައްކާތެރިކުރުމަށް ޓަކައި، އަދި ތަދު ކަނޑާލުމުގެ ގޮތުން، ޑްރެސިންގް އެއް އެތާންގައި އަޅާފާނެއެވެ.

އަނގަ ސާފު ކުރުން.

ދަތް ނެގުމަށް ފަހު، އެދުވަހު، ދަތް ނެގިތާ ކައިރީގައި ވާ ދަތް ސާފު ނުކުރާށެވެ. ނަމަވެސް، އެހެން ދަތްތައް އުނގުޅައި ސާފު ކުރަން ޖެހޭނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު، ދަތް ނެގިތާ ކައިރީގައި ވާ ދަތްތައް ސާފުކުރަން ފަށާށެވެ. މީގެ އިތުރުން، ދޫ، ސާފު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ، ދޫ ސާފުކުރުމުން، ދަތް ނެގުމުގެ ސަބަބުން އަނގައި ގައި ދުވާނެ ނުބައިވަސް އަދި ލާނެ ނުބައި ރަހަ ނައްތާލަ ދޭތީއެވެ.

ދަތް ނަގާ ދުވަހުގެ އަނެއް ދުވަހު، ކެއުމުގެ ފަހުން ހޫނު ލޮނު ފެންކޮޅަކުން އަނގަ ދޮންނާށެވެ (8 އޯޒުގެ ހޫނު ފެނަށް، ސައި ސަމުސާގެ އެއްބައި ލޮނު). އެހާ ގަދަޔަށް އަނގަ ނުދޮވުމަށް ސަމާލުކަން ދޭށެވެ. ލޭ މަތި ކޮށް ހުންނަ ޕޭޟަންޓްއެއް ނަމަ، ލޮނު ފެނުން އަނގަ ދޮވުމުގެ ކުރިން ޑެންޓިސްޓް އާ ވާހަކަ ދައްކާށެވެ. މައުތް ވޮޝް ކަހަލަ ތަކެތި، ރަނގަޅު ވާ ދުވަސަ ވަރުގައި ޑެންޓިސްޓް ގެ ލަފަޔާ ނުލާ ބޭނުން ނުކުރާށެވެ.

ބޭސް ނެގުން.

ޑެންޓިސްޓް އެއްވެސް ކަހަލަގެ ބޭހެއް ތަދު ކަނޑުވަން ނުވަތަ، އިންފެކްޟަނެއް ހުއްޓުވުމުގެ ގޮތުން ދީފިނަމަ، އެ ބޭހެއް ކެއުމަށް ލަފާދީފައި ވާ ގޮތުގެ މަތިން ކާށެވެ. ތަދު ކަނޑުވަން ދީފައި ވާ ބޭހުން އަސަރު ނުކުރިޔަސް، އިތުރަށް ނުކާށެވެ، ނުވަތަ އިތުރު ގަޑި ތަކުގައި ނުކާށެވެ. މިކަހަލަގެ ހާލަތެއްގައި، ޑެންޓިސްޓަށް އަނެއްކާ ދައްކާށެވެ.

ތަދުވުމާއި، ދުޅަވުން.

ދަތް ނެގުމަށް ފަހު ފުރަތަމަ ދުވަސްކޮޅު އުނދަގޫވެ ދުޅަވާހެން ހީވެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ދުޅަވުން އަދި ތަދުވުން ރަނގަޅު ކުރުމަށް، ގަނޑު ފެން ނުތަ ފިނި ފެން ފޮތި މޫނުގައި އަޅާށެވެ. ކިހާ ވަގުތަކަށް އަދި ކިހާ އަވަސް އަވަހަށް މޫނުގައި ގަނޑުފެން އަޅަން ވާނެކަމުގެ އިރުޟާދު ޑެންޓިސްޓް ދެއްވާނެއެވެ.

ޑެންޓިސްޓަށް ގުޅަން ވީ ހާލަތްތައް.

ތިރީގައި ބަޔާން ވެފައި ވާ މައްސަލައެއް ދިމާ ވެއްޖެނަމަ ވަގުތުން ޑެންޓިސްޓްއަށް ގުޅާށެވެ. ޑެންޓިސްޓް އަށް ނުގުޅިއްޖެ ހާލަތެއްގައި، ވަގުތުން ހޮސްޕިޓަލުގެ އެމާޖެންސީ ރޫމަށް ދާށެވެ.

1. ހުންއައިސް، މޭ ނުބައި ކޮށް ހޮޑުލެވެން.

2. ލޭ އައިސް ދުޅަވެ ތަދުވާނަމަ.

3. ވަގުތު ވާވަރަކަށް ބޮޑަށް ތަދުވެ، ތަދު ރަނގަޅު ނުވާނަމަ.

ކެއުން ބުއިން.

ދަތް ނެގުމަށް ފަހު، ގިނައިން ދިޔާ ތަކެތި ބޮއެ، މަޑު އެއްޗެހި ކައި، ސިއްހަތަށް ފައިދާ ހުރި ކާނާ ކާށެވެ. ހޫނު ފެން އަދި، ފިޒީ ބުއިންތަކުން ދުރުވާށެވެ. ފެން ބޯން ގެންގުޅޭ ކަހަލައިގެ ހޮޅި ބެނުން ނުކުރާށެވެ. ދެވަނަ ދުވަހު ނުވަތަ ފަސޭހައިން ކާއެއްޗެހި ހެފެން ފެށުމުން ހަރު ކާނާ ކާން ފާށާށެވެ. ފުރަތަމަ ދުވަސް ކޮޅު، ދަތް ނެގި ފަރާތް ނޫން އަނެއް ފަރާތުން ހަފާށެވެ. ފަސޭހަ ވާ ކަމުގެ އިހުސާސް ކުރެވުމުން ދެ ފަރާތުން ހަފަން ފަށާށެވެ