English Edition
Dhivehi Edition

ރޭ ހިތަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސ. ހިތަދޫ، މުތީ، ނަދީމް މޫސާ އިތުރު ފަރުވާއަށް މާލެ ފޮނުވަން ތައްޔާރުވެއްޖެއެވެ.

މިއަދު މެންދުރު 11:45 ގައި ނަދީމް ފުރުވާލަނީ ޗާރޓާ ފްލައިޓެއްގަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

މި ފްލައިޓް ޗާރޓާ ކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ.

ކާރަކާއި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގައި ނަދީމްގެ މޫނާއި ކޮނޑާއި ފަޔާއި ލޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ކުރީގެ ރީތިފޮޓޯ އިމާރާތް ކުރިމަތިންނެވެ.

އެކްސިޑެންޓުވީ ކާރު ނިކުތީ ގޯޅިން ، ހިތަދޫ ބޮޑު މަގަށެވެ. މަންޒަރު ދުށް ފަރާތަކުން ބުނެފައިވަނީ ކާރު ގޯޅިން ނިކުތީ ސިގްނަލް ދިނުމެއް ނެތި ކަމަށެވެ.