English Edition
Dhivehi Edition

އަވަށްޓެރި ސްރީލަންކާގައި ހައްޔަރުކޮށްފައި ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތަށް ކޯޓުން އަނެއްކާވެސް މިއަދު އިތުކޮށްފި އެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިން ވެސްވަނީ އިތުރުކޮށްފައިވާއިރު މިއަދު އެ މީހުންގެ ބަންދަށް ލަންކާ ކޯޓުން އިތުރުކުރީ ތިން ދުވަހެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ދެން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

ސްރީލަންކާގައި މި ދެ ދިވެހީން ހައްޔަރުކޮށްފައިވަނީ 21 އެޕްރިލް ގައި އެ ގައުމަށް ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިއެވެ. އެ އޮޕަރޭޝަންގެ ތެރެއިން ދެ ދިވެހީން ހައްޔަރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ފޮތްތަކެއް އެ މީހުން އުޅުނު ގެއިން ފެނުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ އެމްޑީޕީގެ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ.

އެގެއިން ފެނުނު އައިއެސްއާ ގުޅުން ހުރި ކަމަށް ބުނާ އެފޮތަކީ އެގޭގައި އުޅުނު އެހެން މީހަކު ގެންގުޅުނު ފޮތެއް ކަމަށްވެ އެވެ. އެފޮތާ އެދެދިވެހިންނާ ގުޅުމެއް ނެތްކަމަށް މަޢުލޫމާތު ލިބެއެވެ. އެ ދެ މީހުން ހައްޔަރުކުރީ ލަންކާއަށް ދިޔަތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.