English Edition
Dhivehi Edition

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި 1-2 އިން އަލް ހިލާލް އަތުން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން އަބޫދާބީގެ އަލް އައިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-4 އިން ކާމިޔާބު ކުރީ އަލް އައިންނެވެ. ރޭ ހިލާލްގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން އަލް އައިން 1-2 އިން ބަލިވި ނަމަވެސް އެޓީމަށް ފައިނަލުން ފުރުސަތު ލިބުނީ 4-5 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

ރޭގެ މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި އަލް ހިލާލް އިން މެޗުގެ ލީޑު ނެގިއެވެ. ރުބެން ނެވޭސް ޖަހައިދިން މި ލަނޑުން ހިލާލް ލީޑު ނެގި ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި އަލް އައިމް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެރިކްއެވެ.

މެޗުގައި އަލް ހިލާލް އިން ދެވަނަ ފަހަރަށް ލީޑުނެގީ ދެވަނަ ހާފުގެ 51 ވަނަ މިނޓުގައި އަލް ދައުސަރީ ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ހިލާލް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު، އަލް އައިންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ފޮނުވާލާފައެވެ. އަދި ލަނޑުޖަހަން ގިނަ ހުސް ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސްކޮށްފއިއެވެ. ނަމަވެސް ނަތީޖާއަކަށް ވީ ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހި މެޗު ނިންމާލަން ޖެހުމެވެ.

އަލް އައިން އަތުން ބަލިވެ ހިލާލް މުބާރާތުން ކެޓިއިރު، އަލް ނަޞްރުވެސް ވަނީ ކުއާޓާ ފައިނަލުގައި އަލް އައިން އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.