އިޓާލިއަން ކަޕުގެ ފައިނަލް މެޗުގައި ރޭ އެޓަލާންޓާއި ލާޒިއޯ ބައްދަލު ކުރި މެޗު ކާމިޔާކޮށް މުބާރާތުގެ ޗެމްޕިއަންކަން ލާޒިއޯ އިން ހަތް ވަނަ ފަހަރަށް ހޯދައިިފި އެވެ.
ރޭ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު އެޓަލާންޓާ މައްޗަށް ކުރި ހޯދައި ލާޒިއޯ ޗެމްޕިއަންކަން ހޯދީފައިނަލް މެޗު 2-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމައަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު ލާޒިއޯއިން މިމެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުނިމެން 10 މިނެޓްއަށް ވެފައި ވަނިކޮށެވެ. މިގޮތުން 82 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ސާޖިއޯ މިލިންކޮވިޗް ސަވިޗް ޖެހިއިރު ދެ ވަނަ ގޯލް 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކާލޯސް ކޮރޭއާ އެވެ.
ލާޒިއޯގެ ކާމިޔާބާއެކު އަންނަ ސީޒަންގެ ޔޫރޮޕާ ލީގަށް އެ ޓީމު ވަނީ ކޮލިފައި ވެފަ އެވެ. އެޓަލާންޓާ މިވަގުތު އިޓާލިއަން ލީގުގެ ހަތަރު ވަނާގައި އޮތުމާއި އެކު އެޓީމް މަސައްކަތް ކުރަމުން ގެންދަނީ އަންނަ ސީޒަންގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރުމަށެވެ.