English Edition
Dhivehi Edition

އިޓާލިއަން ކަޕުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ލާޒިއޯ އާއި އޭސީ މިލާން ބައްދަލު ކުރި މެޗު ހަނިގޮތަކަށް ކާމިޔާބުކޮށް ލާޒިއޯ އިން ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ލާޒިއޯއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެފައިވަނީ އިޓާލިއަން ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގް ގައި މި ދެ ޓީމް ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު އެއްވެސް ޓީމައަކަށް ލަނޑެއް ނުޖެހި އެއްވަރު ވެފައި ވުމުން ރޭ މިލާންގެ ދަނޑުގައި ކުޅުނު މެޗު ލާޒިޔޯ 1-0 ލަނޑުން ކާމިޔާބު ކުރުމުން ދެ ލެގުގެ އެގްރިގޭޓުން 1-0 ލަނޑުން ލާޒިޔާއޯއަށް ކުރި ލިބޭތީއެވެ.

މިލާންގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި މިލާންގެ ފަރާތުން މޮޅު އެޓޭކިން ގޭމެއް ފެނިގެން ދިޔަ ނަމަވެސް ލާޒިޔޯ އިން ވަނީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން މި މެޗުގައި ލާޒިއޯގެ ހަމައެކަނި ގޯލް 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި ލާޒިއޯގެ ހަމަ އެކަނި ލަނޑު އެ ޓީމައަށް ކާމިޔާބުކޮށްދިނީ ކާލޯސް ޔޯކީން ކޯރޭއާ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެރޭ ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭ ފައިނަލުގައި އަނެއްކޮޅުން ނުކުންނާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ އެޓަލާންޓާ އާއި ފިއޮރެންޓީނާ ކުޅެ ކާމިޔާބު ހޯދާ ޓީމަކާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ލާޒިޔޯގެ ސަޕޯޓަރުންނާއި މިލާންގެ ޓިމެއޯ ބަކަޔޯކޯ އާއި ފްރޭންކް ކެސިއޭއާ ނަސްލީ ގޮތުން ދިމާ ކުރުމުގެ ސަބަބުން އެ ޓީމައަށް ބޮޑު ޖޫރިމައިނާ އަކާއި ކުރި މަތިލާން ޖެހޭނެކަމަށް ބެލެވެއެވެ.