English Edition
Dhivehi Edition

މާލޭ ސިޓީގެ މަގުމައްޗަށް ކުޅު ޖެހުން މަނާކުރަން، މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރު ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރު މާލޭ މަގުތަކަށް ކުޅު ޖެހުން މަނާކުރުމަށް އެދުނީ، ބިދޭސީން ހާއްސަކޮށް ބަންގްލަދޭޝް މީހުން ވަރަށް އާއްމުކަމަކަށް ހަދައިގެން މަގުތައްމައްޗަށް ކުޅު ޖަހާކަން ފާހަގަކުރެވިފަައިވާތީއެވެ. އަދި އޭގެ ސަބަބުން ތަފާތު އެކި ބަލިތައް ފެތުރުމުގެ ބިރުވެސް އޮތުމުގެ ސަބަބުންނެވެ.

މާލޭގެ މަގުތަކަށް ކުޅު ޖެހުން މަނާކުރުމަށް ހުށަހަޅާފައިވާއިރު މިމަހުގެ 16 ވަނަ ދުވަހު މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އަދި ސިގިރޭޓް ބުއިން މަނާކުރަން ނިންމިނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ 6 މަސްދުވަސް ފަހުންނެވެ.

މަގުމައްޗަށް ކުޅު ޖެހުން މި ދިވެހި މުޖުތަމަޢުއިން ހުއްޓުވޭނީ މިކަމާ އާންމުން ހޭލުންތެރިކަން އިތުރުކޮށްގެނެވެ.