“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޙާއްސަކޮށްލަނީ އެޕަލް މިލްކްޝޭކް ތައްޔާރު ކުރާނެގޮތް.
ބޭނުންވާތަކެތި:
1 ބޮޑު އާފަލު
2 ޖޯޑް ފިނިކުރި ކިރު
ފޮނިތޮށި ޕައުޑަރ ކޮޅެއް
2 ސަމްސާ ހަކުރު
12 އަލްމޮންޑް ނޫނީ ކެޝޫނަޓް
2 އައިސްކިއުބް
ތައްޔާރު ކުރާނެގޮތް:
އާފަލު ދޮވެފައި އޮށްތައްނެގުމަށްފަހު، އާފަލު ފޮތިކޮށްލާފައި ބްލެންޑަރަށް އަޅާށެވެ. ދެބައިކުޅެ އެއްބައި ކިރު އަދި އަލްމަންޑް އެޅުމަށްފަހު ބްލެންޑްކޮށްލާށެވެ. ދެން ބާކީ ހުރި ކިރުފޮދު އަދި އައިސްކިއުބް އެޅުމަށްފަހު ރަނގަޅަށް ގިރާލާފައި ބިއްލޫރި ތައްޓަކަށް އެޅުމަށްފަހު މައްޗަށް ފޮނިތޮށި ޕައުޑަރ އެޅުމަށްފަހު ސާވް ކުރާށެވެ.