“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޙާއްސަކޮށްލަނީ ބަޓިކް ކޭކް ތައްޔާރު ކުރާނެގޮތް.
ބޭނުންވާ ތަކެތި:
1 (14oz) ދަޅުގެރިކިރު
1 3/4 ޖޯޑު ޗޮކްލެޓް ޕައުޑަރ
2/3 ޖޯޑް ބަޓަރ
4 ބިސް
1 ސަމްސާ ވެނީލާ އެސެންސް
250ގ މާރީ ބިސްކޯދު
ގާނިޝްކުރުމަށް (އަލްމޮންޑްފޮތިކޮށްފައި)
ތައްޔާރުކުރާނެގޮތް:
ތަވަޔަކަށް ބަޓަރ ކޮޅު އަޅާފައި ވިރުނީމަ ގެރިކިރު އަދި ޗޮކްލެޓްޕައުޑަރ އަޅާފައި ދޭފަތުން ހަލުވަމުންދާށެވެ. ދެން ފަހަރަކު ބިހެއް އަޅަމުން މަޑުގިނީގައި އޮލަވަންދެން ކައްކާށެވެ. އޮލަވީމާ އެސެންސް އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ދެން ޓްރޭ އެއްނަގާ އޭގައި މާރީބޮސްކޯދް އެތުރުމަށްފަހު އޭގެމައްޗަށް ތައްޔާރު ކުރި ޗޮކްލެޓުން ފަށަލައެއް 1/2 އިންޗި ބޯމިނަށް އަޅާށެވެ. އެއަށްފަހު އޭގެމަތީގައި ބިސްކޯދު އަތުރާށެވެ. މިގޮތަށް ފަހަރަކު ފަށަލައެއް ޗޮކްލެޓް ހުސްވަންދެން ތައްޔާރުކުރަމުން ގެންދާށެވެ. ގާނިޝްކުރުމަށް ތުނިކޮށް އަލްމަންޑްފޮތި ކޮށާފައި އަޅާލާފައި ފްރިޖްގައި ބެހެއްޓުމަށްފަހު ފިނިކޮށްގެން ސާރވް ކުރާށެވެ.