English Edition
Dhivehi Edition

އަޅެ ކީއްވެތަ އެންމެންވެސް ކިސް ކޮށްލާ ވަގުތު ލޯމަރާލަނީ؟ މިއީ މިހާރަކަށް އައިސް ޖަވާބު ހޯދާލަން ބޭނުންވާ ސުވާލެކެވެ. ފަހަރުގައި ލޯމަރައިގެން ހުރުމުން ލިބޭ ހިތްހަމަ ޖެހުމަކަށް ވެދާނެއެވެ. ދުނިޔޭގެ ކަންކޮޅު ތަކުގައި މިކަމުގެ ހަގީގަތް ހޯދާލުމަށް ސައިކޮލަޖިސްޓުން ކެނޑި ނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި އިންސާނުންނަށް އެންމެ ގިނަ މައުލޫމާތު ސިކުނޑިއަށް ފޮނުވާލަ މިދެނީ ލޮލުގެ ޒަރިއްޔާ އިންނެވެ. ސިކުނޑީގަ ހުންނަ މައުލޫމާތު ހަނދާނަށް ގެނައުމަށް ކޮންމެ މީހަކުވެސް ލޯމަރާލައެވެ. ސަބަބަކީ އެވަގުތު މާހައުލުގެ ތެރޭ އެނބުރޭ އެހެން ކަންކަމުގެ އުނދަގޫ ސިކުނޑިއަށް ނުފޯރުވުމަށެވެ. ލޯމަރާ ލުމުން ދެން އެންމެ ގަދައަށް މަސައްކަތް ކުރާ އަނެއް ހިއްސަކީ ފިރުމުމުގެ ހިއްސެވެ. ފިރުމާ ލުމުގެ ހިއްސުގެ އުފާ އިތުރު ކުރުމަށް ލޯމަރާލެވެނީއެވެ.

މީގެއިން އެގިގެންދާ ކަމަކީ ކިސްކުރާ ވަގުތު އަތުގެ ހަރަކާތް ތަކަށް މާބޮޑަށް ފިކުރު ހިންގެނީއެވެ. މީގައި ދިމާވާ އެއްމެ ބޮޑު މައްސަލައަކީ ކިސް ކުރުމުގެ ސަބަބުން ލޯމެރޭގޮތް ނުވާކަމެވެ.

މިދިރާސާގެ ބައިވެރިންނާއި ހަވާލު ކުރެވުނީ ލޮލަށް ފެންނަ ތަފާތު މަސައްކަތާއެވެ. އެވަގުތުގައި އެމީހުންގެ ފިރުމުގެ ހިއްސު ތަކުގެ މިންގަނޑު ވަނީ ބަލާލެވިފައެވެ. މިވަގުތުގައި އެމީހުންނަށް އެތަށް އުނދަގޫ ތަކުގެ އަސަރުވެސް ފޯރު ކުރެވުނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ ދެއަތުން ކުރެ ކޮންމެ އަތަކަށް ދެވޭ ކުޑަ ކުޑަ އުނދަގުލަކުންވެސް ގިނަތަފާތު ތަކެއް ފެނިގެން ދިޔަކަމެވެ.

ނަމަވެސް އެމީހުންގެ ލޮލުގެ މަސައްކަތް އިތުރު ކުރުމުން އެހެނިހެން އުނދަގޫތަށް މަދުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. މީގެއިން އެނގިގެން ދިޔައީ މާހައުލުން ލޮލުގެ މަސައްކަތް އިތުރު ވެގެން ދިޔަ މިންވަރުން ފިރުމުމުގެ ހިއްސުގެ އަސަރު ފަނޑު ވެގެން ދިއުމެވެ.

“ނަތީޖާއަކީ ލޯމަރާ ލެވެނީ އެހެނިހެން ހިއްސު ތަކަށް ބޮޑަށް އަހައްމިއްޔަތުކަން ދިނުން.” ލަންޑަންގެ ރޯޔަލް ހޮލޮވޭއި ޔުނިވާސިޓީގެ ކޮގްނިޓިވް އިސް ނަފްސާނީ އިލްމު ވެރިޔާ ޑރ. ޕޮލީ ޑަލްޓޮން ވިދާޅުވެއެވެ. “ފެނުމުން އެތެރެ ކުރެވޭ މައުލޫމާތު ބަނދު ކުރުމުން ސިކުނޑި އެހެން ކަންކަމަށް ލިބިފައިވާ ތަޖުރިބާގެ އލީގައި މަސައްކަތް ކުރާ މިންވަރު އިތުރުވޭ.”

އެހެން ކަމުން ކިސްކުރާ ވަގުވެސް ލޯމަރާ ލެވެނީ އެކަމަށް ބޮޑަށް އަހައްމިއްޔަތު ކަން ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް މިދިރާސާ ކުރެވުނީ ކިސްކުމުގެ ތެރެއިން ނޫނެވެ.

ވީއިރު ކިސްކުރާ ވަގުތުގައި ލޯމެރޭ ގޮތުގެ ޖަވާބު ހޯދުމަކީ ބޭނުން ތެރި ކަމެއް ނޫނެވެ. ލޮލަށް ފެނުމުގެ ހިއްސު ދަށްކޮށްލުމުން އެހެނިހެން ހިއްސުތައް މަސައްކަތް ކުރާ މިންވަރު އިތުރު ވާނެއެވެ. ކިސްކުރާ ވަގުތު ލޯމެރެނީ އޭގެ އުފާ ހާސިލު ކުރުމަށެވެ. އެކިމީހުންގެ އުފާ ހުންނާނީ އެކި ގޮތަށެވެ. ދެމީހުންގެ އެދުންވެސް އެވަގުތުގައި ތަފާތު ވެދާނެއެވެ.