English Edition
Dhivehi Edition

ލިޔުނީ: ޝަފްޤާ

އައްޑޫސިޓީ ހިތަދޫގައި އަލަށް ތަރައްޤީ ކުރާ ސިޓީ ސްކެއާ ސަރަހައްދުން ރުއްތަކާއި ގަސްތައް ނަގަން ހުއްދަދިނީ އެރުއްތަކާއި ގަސްތައް އެހެން ސަރަހައްދެއްގައި އިންދަން ޝަރުތުކޮށްފައި ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ބުނެފިއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން އާއި އެއްފަރާތެއްގައި އޮންނަ އެސަރަހައްދުގައި ބޮޑު ދިދަ ޖަހައި، ސިޓީ ސްކެއާއެއް ގޮތަށް އަލުން ތަރައްޤީ ކޮށް ކުލަގަދަ ރަސްމިއްޔާތަކާއި އެކީ އެތަން ހުޅުވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދު ތެރޭގައި ހިމެނޭ އެއްކަމެވެ.

އައްޑުސިޓީ ކައުންސިލް އިން ބުނީ އެތަން އަލުން ހުޅުވާލަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިތްފަސޭހަ ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ސިޓީ ސްކެއާ ތަރައްޤީ ކުރުމަށް އެތަނުގައި ހުރި ބޮޑެތި ރުށްތަކާއި ގަސްތައް ނަގާތީ، އެކަމާ ދެކޮޅަށް ރައްޔިތުން މިހާރުވެސް އަޑު އުފުަލާ ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ

މުޅި ރާއްޖޭގައި މިފަދަ ގޮތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ރުށްތަކާއި ގަސްތައް ކަނޑަމުންދާއިރު ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ފަރާތްތަކުން ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައެވެ.