English Edition
Dhivehi Edition

ތިމާ އަމިއްލައަށް ނުވަތަ އެހެން މީހަކު ޝަކުވާ ކުރާ އަޑު އެއީ ތާއަބަދު އިވި އިވި ހުންނަ އަޑެކެވެ. ނަމަވެސް އެއީ އެކަކުވެސް އަޑުއަހަން ބޭނުންވާ އެއްޗެއްސެއް ނޫނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ ތިމާގެ އިހްސާސްތަށް ބޭރު ކޮށްލުމަށް ނުވަތަ ނުތަނަވަސްކަމެއް ނުނީ ހިތްހަމަ ނުޖެހުމެއް ފިލުވާލުމަށް ކުރާ ކަމެކެވެ.

ނަމަވެސް ޝަކުވާކުރުން އެއީ ރަނގަޅު ކަމެއް ބާވައެވެ؟ އަހަރުމެންގެ ސިކުނޑިއަށް ޝަކުވާ ކުރުމުގެ ސަބަބުން އަންނަ ބަދަލުތަކަށް ވިސްނާ ލައިފިނަމަ، ތަންކޮޅެއް ހެޔޮ ނިޔަތެއްގައި ކަންކަން އަހަރުމެން ނަގާހިތްވާނެ އެވެ.

އިންސާނުންގެ ސިކުނޑި މަސަތްކުރަނީ އެމީހެއްގެ ބުއްދިއާ ލާމެހިގެން، އަބަދުވެސް ބަދަލުވަމުންދާ އިންސާނީ ތަބިއްޔަތް ބިނާކުރުމު ގައެވެ. އަބަދުވެސް އާކަންތައް ދަސްކުރަމުން، އުފައްދަމުން އިޔާދަ ވަމުންނެވެ. ސިކުނޑިއާއި ބުއްދި އަކީ އަދިވެސް ސައިންސް ވެރިންނަށް އެހާރަނގަޅަކަށް އޮޅުން ފިލާފައިވާ އެއްޗެއް ނޫނެވެ.

ލިޔުންތެރިޔާ، ކޮމްޕިއުޓާރ ސައެންޓިސް އަދި ފިލޯސަފާރ، ސްޓީވެން ޕާރޓަން ދާދި ފަހުން ވަނީ ސިކުނޑި އާއި ޝާކުވާ ކުރުމާ އަދި އެފަދަ ނުތަނަވަސް އިހްސާސް ތަކާ ހުރި ގުޅުމާ ބެހޭގޮތުން ދިރާސާއެއް ކޮއްފައެވެ. އެނާ ބުނާގޮތުން މިކަހަލަ ވިސްނުންތައް އަދި ޝަކުވާ ކުރުމުން ސިކުނޑިއަށް ބަދަލު ތަކެއް އާދެއެވެ.

“އިންސާނުންގެ ސިކުނޑީގައި ވިސްނުންތައް ދައުރު ވަނީ ‘އިލެކްޓިރިކަލް ސިގްނަލް’ ތަކުގެ ގޮތުގަ. ސިކުނޑީގެ ސެލްތަކުގައި ‘ސިނެޕްޓިކް ކްލެފްޓް’ ނަމަކަށް ކިޔާ ހުސްޖާގައެއް ހުރޭ. އަހަރުމެންގެ ސިކުނޑިއަށް ކޮންމެ ވިސްނުމެއް އައުމުންވެސް ސިގްނަލް ތައް މި ހުސްޖާގަ ތަކުން ދައުރު ކުރޭ. މި ސިގްނަލް ތައް ތާއަބަދު ބޭނުން ކުރާއިރު، ގިނަ ގިނައިން ސިގްނަލްތައް ދައުރު ކުރާ ޖާގަތަކުގެ ދޭތެރެ ކުޑަވޭ. މިއީ ސިގްނަލްތައް އަވަހަަށް މަންޒިލަށް ވާސިލު ކޮށްދިނުމަށް. އެހެންކަމުން ސިކުނޑިއަށް ޖިސްމާނީ ބަދަލްތަކެއް އާދޭ. މިފަދައިން އަހަރުމެންގެ ތަބީއްޔަތާ ގުޅޭގޮތަށް ސިކުނޑީގެ ސެލްތަކުގެ ގުޅުންތައް ބަދަލުވޭ. މި ގޮތުން އަބަދު ޝަކުވާ ކުރާނަމަ ގިނަގިނައިން ބޭނުންނުވި ކަމުގައި ވީނަމަވެސް ޝަކުވާ ކުރެވޭނެ. ނުތަނަަވަސް ކަން ވެސް ކުރިމަތި ވާނެ.” ޕާރޓަން އެނާގެ ތިއަރީ ކިޔައިދެމުން ބުންޏެވެ.

ނަމަވެސް މިއީ ކޮންމެ ގޮތަކަށް ވިސްނިއަސް ކަންވާނެ ގޮތް ކަމުން ގިނަ ގިނައިން އުފާވެރި ވިސްނުންތައް ވިސްނުމަކީ ބޭނުންތެރި ކަމެކެެވެ. އެގޮތުން މީހާ އަބަދު އުފާވެރިކޮށް ފެންނާނެ އެވެ.

މިއީ އަމިއްލަ ޝަކުވާ ތަކުގެ ސަބަބުން އަންނަ ބަަދަލު ތަކެވެ. ނަމަވެސް އެހެން މީހުންގެ ޝަކުވާ އަބަދު އަޑުއަހަން ވެއްޖެއިޔާ ކިހިނެން ވާނެބާއެވެ؟

‘މިރާރ ނިއުރޯންސް’ އަކީ އަހަރުމެން، އަމިއްލަ މާހައުލުން ކަންކަން ދަސްކުރުމަށް ބޭނުން ކުރާ ސެލްއެކެވެ. އަދި މިއީ އެހެން މީހުންގެ އިހްސާސްތައް އަހަރުމެންނަަަަަށް ވިސްނައި ދިނުމުގެ ރޯލް އަދާ ކުރާ ސެލްއެވެ. ޖުމުލަކޮށް ބުނާ ނަމަ އަނެކަކު ޝަކުވާ ކުރާނަަމަ އަހަރުމެންގެ ސިކުނޑި އެމީހާގެ އިހްސާސްތައް ވެސް ނަގައި ގަނެ އެވެ. މިގޮތަށް ވުމުން ދެން ވަނީ އަމިއްލައަށް ޝަކުވާ ކުރުން ފަދަ ކަމަކަށެވެ. އިންސަނީ ޡޮބީއްޔަތުގައި ކަންކަން އަށަގަންނަނީ މި ފަދަ ގޮތަކަށެވެ.

އެހެންކަމުން ކަންކަމުގައި ބޭކާރު ޝަކުވާ މަދުކޮށް ދިރިއުޅުން ‘ޕޮޒިޓިވް’ ކޮށް ނެެގުމަކީ ވަރަށް މުހިންމު ކަމެކެވެ. އުފާވެރިކޮށް އުޅެ މީހުންނަށް އުފާވެރިކަން އިހްސާސް ކޮއްދޭށެވެ. މިގޮތުގައި ނަފްސާނީ ބަލިތަކާއި ހިތުގެ ބަލިތަކުންވެސް ދުރުހެލި ވެވޭނެއެވެ.