English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޙާއްސަކޮށްލަނީ ރިހަފޮޅި ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

2 ގަނޑު ވަޅޯމަސް

3 ފިޔާ (ކޮށާފައި)

2 ގިތެޔޮމިރުސް (ކޮށާފައި)

2 ސަމްސާ ލޮނުމެދު ގާނާފައި

4 މޭޒުމަތީސަމްސާ ކުކުޅުހަވާދު

1 ދަޅު ޓޮމަޓޯޕޭސްޓް

3 ސަމްސާ އިނގުރު ޗަސްކޮށްފައި

3 ރާނބާފަތް (ބައިއިންޗި)

3 ހިކަނދިފަތް

ބައިސަމްސާރީނދޫ

ފުށްގަނޑަށް :

  • 3ޖޯޑުފުށް
  • 2 ބިސް
  • 1 މޭޒުމަތީސަމްސާ ކިރު

ހައްދަވާނެގޮތް:

ކިރުކޮޅާރީނދޫ އަދި ފެން އެއްކޮށްގެންފުށް އޮލަކޮށްގިރާލާފައި ބަހައްޓާށެވެ. ދެން ތަވައެއް އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮފޮދެއް އަޅާލާފައި، ފިޔާ،ހިކަނދިފަތް އަދި ރާނބާފަތް އެ އެއްކޮށްލުމަށްފަހު ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހަލުވަމުން ގެންދާށެވެ. ފިޔާކޮޅު ރަތްވީމާ މަސްއެޅުމަށްފަހު ބާކީތަކެތި އެޅުމަށްފަހު ރޯފިލަންދެން ކައްކާށެވެ. ދެން އެހެން ތަވައެއް އުނދުންމައްޗަށް އުދާފައި ތުނިކޮށްފޮޅިއަޅާށެވެ. ފޮޅިފިހެވުނީމާ މަސްކޮޅު ފޮޅިޔަށް ލައިފައި ރީއްޗަށް އޮޅާލާށެވެ. މަސްކޮޅާއި ފޮޅިހުސްވަންދެން މިގޮތަށް މަސްއަޅަމުން އޮޅަމުންގެންދާށެވެ.