English Edition
Dhivehi Edition

ދުނިޔޭގެ ރިކޯޑް ފޮތުން މީހުން ޖާގަ ހޯދަނީ ތަފާތު އާދަޔާ ހިލާފް ކަންކަން ކޮއްގެންނެވެ. ރިކޯޑް ފޮތަށް އަރައިފިއްޔާ އެނާ ކުރިފަދަ ކަމެއް އެހެން މީހަކު ކޮއްފައި ނުވާނޭ ކަމައް ޔާގީނާގާތެވެ. މިފަހަރު ދައްކަން މިއުޅެނީ މިފަދަ ވާހަކައެކެވެ.

އިންޑިއާގެ މަހާރާޝްތްރާގެ ވިޔަފާރި ވެރިޔާ އަދި ޕޮލިޓިޝަން ޕަންކަޖް ޕާރަކްގެ ވާހަކަ އެވެ. މިނާގެ ރައްޓެހިން މިނާއާއި މުޚާތަބު ކުރަނީ ރަން ގަމީހުގެ ވެރިޔާގެ ނަމުން ނެވެ. އެނާ ވަނީ ދުނިޔޭގެ ރިކޯޑް ފޮތުން މިކަމަށް ޖާގައެއްވެސް ހޯދާފަ އެވެ.

އެނާއަށް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ދީފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ރަން ގަމީހުގެ ވެރިޔާއަށް ވުމުން ނެވެ. އެނާގެ ގަމީހުގެ އަގަށް ބަލާނަމަ 9،835،099 އިންޑިޔަން ރުޕީސްއަށް އަރައެވެ. އެއީ ގާތް ގަނޑަކަށް 161،354 އެމެރިކާ ޑޮލަރެވެ. ނުވަތަ 95،856 އިނގިރޭސި ޕައުންޓެވެ.

“މިއީ ޤަބޫލު ކުރަންވެސް ދަތި ކަމެކެވެ. އަހަންނަކީ މަހަރަޝްތްރާގެ ރަށްފުށު ސަރަޙައްދުގެ މީހެއް. އަހަންނަަށް މި ލަޤަބް ލިބުމުން ވަރަށް އުފާވޭ. ސަބަަބަކީ އަހަރެންގެ ރަށުގެ ނަން މުޅިދުނިޔެއަށް އެންގިގެން ދާނެތީ.” ޕަންކަޖު އެނާއަށް ލިބުނު ރިކޯޑާ ބެހޭގޮތުން ބުންޏެވެ.

ސްކޫލުން ވަކިވުމަށްފަހު، އެތެރެއިން ލާއެއްޗެހި އުފެއްދުމުގެ ވިޔަފާރި ހިންގައި މުއްސަނދިވި ޕަންކަޖް އަކީ ނާސިކްގެ އަވަށެއް ކަމަށްވާ ޔެއޯލާ ޓައުންގެ، ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ މޭޔަރެވެ. މިރަށް އޮންނަނީ މުމްބާއި އާއި 260 ކިލޯމީޓަރު ދުރުގަ އެވެ.

އެނާ ރިކޯޑް ފޮތުން ޖާގަ ހޯދި ގަމީހަކީ 4.10 ކިލޯ ބަރުދަނުގައި ހުންނަ ގަމީހެކެވެ. އަދި މިހާރު 1.30 ކުރޯޑް އަގު ހުރެއެވެ. ގަމީހުގެ އިތުރުން އެނާ މިގަމީހާއެކު، ރަނުގެ ގަޑިއަކާ، ރަނުގެ ޗޭނު ތަކަކާއި، ބޮޑެތި ރަން އަންގޮޓި ތަކަކާ، ރަނުގެ ފޯނު ކަވަރަކާ އަދި އިތުރުން ރަނުން ފައިކަށި ހަދާފަ ހުރި އައިނެއްވެސް ގެންގުޅެ އެވެ. މިހުރިހާ ރަނުގެ އެއްޗެހީގެ ޖުމްލަ ބަރުދަނުގައި 10 ކިލޯ ހުރެއެވެ.

އެނާ ރަނުން ޖަރީވެލައިގެން މަގުމައްޗަށް ނިކުންނައިރު އެނާ އަތުގައި ހުއްދަ އޮންނަ ބަޑިއެއް ގެންގުޅެ އެވެ. އަދި މީހުން ދުރު ކުރަން އަބަދުވެސް ދެ ބޮޑީގާޑުން ތިބެ އެވެ. އެނާއަށް މީހުންގެ ކަޅިތައް އަބަދުވެސް ހުއްޓިފައި ހުންނަކަމަށް އެނާ އެއްބަސްވެ އެވެ. ޕަރަކް ބުނި ގޮތުގައި އެނާ މިގަމީސް ފެހީ އެނާގެ 45 ވަނަ އުފަން ދުވަހާ ގުޅުވައިގެން ކަމަަށާއި އޭގައި ހަަތް ރަން ގޮތް އިންނާނެ ކަމަށެވެ. އެނާ އިތުރަށް ބުނި ގޮތުގައި އެނާ ސްކޫލް ދުވަސް ވަރުވެސް ވަރަށް ބޮޑަށް ރަނަށް ލޯބި ކުރާ ކަމަށާއި މިހާރު ރަން އެނާގެ ބޭނުމަކަށް ވެއްޖެ ކަމުގަ އެވެ.

މިގަމީސް ޑިޒައިން ކޮށްފައި ވަނީ ބަފްނާ ޖުވެލާރސް އިންނެވެ. އަދި މިގަމީސް ތައްޔާރު ކޮށްފައިވަނީ މުމްބާއީގެ ޝާންތީ ޖުވެލާރސް އިންނެވެ. ދެމަސް ދުވަސް ވަންދެން 20 މަސައްކަތް ތެރިން މިގަމީހުގައި މަސައްކަތް ކުރިއެވެ. 22-18 ކެރަޓްގެ ރަންފަށުން މިގަމީސް ވަނީ ފަށުން ފަށަށް ފަހާފަ އެވެ. މިގަމީހަކީ ރަނުން ހަދާފައި ވީނަމަވެސް ގަޔަށް ފަސޭހަ އަދި ދޮވެވޭ އިތުރުން ހަލާކު ވެއްޖެނަމަ ފަހާވެސް ލެވޭ ފަދަ ‘ލައިފްޓައިމް ގެރެންޓީ’ އޮތް ގަމީހެކެވެ.

މީގެ 30 އަހަރު ކުރިން އެނާއަކީ ކިރިޔާ ކިޔެވަން ލާރި ލިބުނު ވަރަށް ދަތި ހާލުގައި އުޅެމުން އައީ ކުއްޖެކެވެ. ގްރޭޑް 8 ން އެނާ ވަކިވެ އެނާގެ އާއިލާއިން ހިންގަމުން އައި ގާރމެންޓް ބިޒްނަސް އާއި އެނާ ހަވާލުވި އެވެ. ނަމަވެސް 1982 ވަނަ އަހަރު އެނާ ވަނީ އެނާގެ އަމިއްލަ ވިޔަފާރިއެއް ގޮތުގައި އެކަން ފަށާފަ އެވެ. އަދި ސިޔާސީ ދާއިރާ އަށް ވަދެ ޔެއޯލާގެ މުނިސިޕަލް ކައުންސިލަރުގެ މަޤާމަށް ހޮވުނެވެ.

މީގެ 25 އަހަރު ކުރިން އެނާ ބުނި ގޮތުގައި އެނާ މީހަކާ އިން ދުވަހު އަންހެން ކުއްޖާއަށް ވުރެ ގިނަ ރަން އަޅައިގެން އެނާ ހުރުމުން އެނާ އަކީ ލަދެއް ކަމަށް މެހެމާނުން ޤަބޫލު ކުރި އެވެ. އެނާ ކިޔައިދިން ގޮތުގައި އަހަރުތަކުގެ ތެރޭގައި އެނާގެ ވިޔަފާރި ކުރިއަރައިގެެން އެނާގެ ދެ ކުދިންނަށް މަތީ ތައުލީމް ވެސް ހާސިލް ކޮށްދެވުނެވެ.

ނަމަވެސް އެނާގެ އާއިލާގެ މެންބަރުން އެނާ ރަނަށް ހުންނަ ފޯރިއެއް ނުހުރެ އެވެ. އަދި ގާތްތިމާގެ މީހުން ދެކެނީ އެނާ ރަނުގެ މޮޔައަކަށް ވެފައި ވާކަމުގަ އެވެ. އެނާ މިގޮތުން ފާހަގަ ކޮއްލި ދުވަހަކީ އެނާ އާއި އޭނާގެ އާއިލާ ކައިވެންޏަކަށް ދިޔަ އިރު އެތަނުގައި އެނާ 3 ކިލޯގެ ބަަރުދަނުގައި ރަން އަޅައިގެން ހުރި އިރު އެނާގެ އަންހެނުން ކިިރިޔާ 50 ގްރާމް ރަންކޮޅެއް އަޅައިގެން ހުރި ދުވަހެވެ.

އެނާގެ ރަނަށް ދެވި ހިފާފައި ހުއްޓަސް އޭނާ އަކީ ވަރަށް ހިތްހެޔޮ މީހެއް ގޮތުގައި ސިފަވެ އެވެ. އެނާ ވަރަށް ގިނަ އިޖްތިމާއީ ހަރަކާތް ތަކުގައި ބައިވެރި ވާނެ އެވެ. އޭނާ ވަނި މިދިޔަ 7 އަހަރުގެ ތެރޭގައި ވެސް 150 ޕޯލިއޯ އޮޕަރޭޝަނުގެ ހުރިހާ ޚަރަދެއް ދީފަ އެވެ. އެނާ މި ޚިދުމަތް ދީފައި ވަނީ އިންޑިއާގެ އެންމެ ބޮޑު 1000 އެނދުގެ ޕޯލިއޯ ހޮސްޕިޓަލުން ނެވެ.

އެނާ ކޮންމެ އަހަރަކުވެސް ދަރުމަ ވެެރިކަން ހަފްތާއެއް ވަންދެން ކުރެ އެވެ. އަދި ފަޤީރު ބަލި މީހުންނަށް އެހީވުމާއި ބޭހާއި ކާނާ ފަޤީރުންނަށް ފޯރު ކޮއްދެ އެވެ. މަހަޝްތްރާގައި މި ނޫންވެސް ރަން މީހުން ދިރިއުޅެ އެވެ. ނަމަވެސް މިވަރުގެ ކަމެއް ނެތެވެ.