English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019 ގައި މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭ ގެ ދެ ޓީމް ކަމަށްވާ ފޭދޫ ޕަޓާސް އާއި ހިތަދޫ އެފްސީ ސްޕްރިންޓެވެ.

މިމެޗު ފަސޭހަ ކަމާއެކު 5-0 ލަނޑުން ކާމިޔާބު ކުރީ އެފްސީ ސްޕްރިންޓެވެ. މިމެޗުގައި އެފްސީ ސްޕްރިންޓުންޖެހި 5 ލަނޑުގެ ތެރެއިން ޖާޒީ ނަމްބަރ 11 މުޙައްމަދު ސުޖަން ވަނީ 2 ގޯލް ޖަހައިފައެވެ. އަދި ޖާޒީ ނަމްބަރު 3 ނާއިފް ޝަފީގު ވެސް ވަނީ 2 ލަނޑު ޖަހައިފައެވެ. އެމީހުންގެ އަނެއް ލަނޑު ޖަހައިދިނީ ޖާޒީ ނަމްބަރ 23 އަޙުމަދު ޙުސައިނެވެ.

މިރޭގެ ދެވަނަ މެޗުގައި ކުޅެމުންދަނީ އެފްސް ސްކޫޕް ކަންމައްޗާއި، ވެމްބޮޅު ޔުނައިޓެޑެވެ.

މި މުބާރާތުގައި ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ. އޭ ގުރޫޕުގައި ހިމެނޭ ޓީމުތަކަކީ އެފްސީ ބޭރުމަތި، މާކަރީ ޔުނައިޓެޑު، ޕަޓާސް، އެފްސީ ސްޕްރިންޓެވެ. ބީ ގުރޫޕުގައި ހިމެނެނީ ޔުނައިޓެޑު ފުރެންޑްސް، އެފްސީ ޒެފިއާ، އެފްސީ ސްކޫޕް ކަންމަތި، ވެންބޮޅު ޔުނައިޓެވެ. މިއީ މުމުބާރާތުގައި އަލަށް ވާދަކުރާ ޓީމެކެވެ. ގުރޫޕް ސީގައި ހިމެނެނީ ޒިލޯން، އެފްސީ އަފިރިން، ޔަންގަ ވަންސް، އެފްސީ ޒިޔާރަތް ފަންނަ އެވެ. ގުރޫޕް ޑީ ގައި ހިމެނެނީ ފްރެންޑްސް ކުލަބު، މަލްޓި ޖީނިއަސް، އެސްއެމްޓީ، ކުލަބު ސްކަވެންޖާސް އެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީމާކެޓެވެ. ޓްރެވެލް ޕާޓްނަރަކީ ސްރީލަންކަން އެއާލައިންސެވެ. ޓެލްކޮމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. ޝޮޕިން ޕާޓްނަރުންނަކީ އިދުރީސް ޓްރޭޑިންއާއި، އެސްޓޯރިއާ އެވެ. ޕްރިންޓިން ޕާޓުނަރަކީ ކޮންޓްރޯލްޕީއެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ. ކޭޓަރިން ޕާޓްނަރަކީ ޕާމްވިލެޖެއެވެ. ސްޕޯޓްސް ޕާޓްނަރަކީ ފަލަކް ސްޕޯޓްސްއެވެ.