English Edition
Dhivehi Edition

ރާއްޖޭގެ ޓޫރިޒަމްގެ ވޭތުވެ ދިޔަ މަހު 36.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އެޕްރީލް މަހު ރާއްޖެ އަށް ޓޫރިސްޓުން އައި އަދަދު ބޮޑުތަން އިތުރުވެފައިވާ ކަމަށާ، މިއީ ސުނާމީއަށް ފަހު އެންމެ ބޮޑު ކުރިއެރުން ލިބުނު މަސް ކަމަށެވެ. އަދި މިއީ ފާއިތުވި 13 އަހަރަށް ބަލާއިރުވެސް ރިކޯެޑް މިންވަރެއް ކަމަށެވެ.

ނިމިދިޔަ އެޕްރީލް މަހު ރާއްޖެއަށް 190713 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު،2018 ވަނަ އަހަރުގެ އެޕްރީލް މަހު ރާއްޖެ އައިސްފައިވަނީ ފަތުރުވެރިންނެވެ.

މީގެތެރެއިން ޗައިނާގެ ފަތރުވެރިންގެ ޢަދަދު 7 އިން ސައްތައަށް އިތުރުވެފައިވާއިރު އިޓަލީވިލާތާއި،އިނގިރޭސިވިލާތް،ޖަރުމަނު އަދި އަވަށްޓެރި އިންޑިޔާއިން ޒިޔާރަތް ކުރި ފަތުރުވެރިންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 646092 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރިކޯރޑް ތަކުންދައްކައެވެ.

“މި ކުރިއެރުން ލިބިފައި މި ވަނީ މުޅި އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު ރާއްޖެއަށް އައި ހަމަޖެހުމުގެ ނަތީޖާ”ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވިދާޅުވި އެވެ.