English Edition
Dhivehi Edition

ދިވެހިންގެ ތެރޭގައި ބުޅާ ގެންގުޅޭ މީހުން މަދެއް ނޫނެވެ. އަދި ދިވެހިރާއްޖޭގައި ބުޅަލަކީ އާންމު ޖަނަވަރެކެވެ. މިފަހަރު ދައްކަން މިއުޅެނީ މޮޅު އުފެއްދުމެއްގެ ވާހަކައެވެ. ބުޅާ ގޮވާލުމުން ނުވަތަ ‘މިއަވް’ ގެ އަޑުން އެބޭރު ކޮށްލާ އިހުސާސްތައް އިންސާނުންނަށް ތަރުޖަމާ ކޮއްދޭ އާ އީޖާދެއްގެ ވާހަކަ އެވެ. ‘ކެޓާބޮކްސް’ ގެ ނަމުން ނަން ދެވިފައިވާ ބުޅަލުގެ ކަރުގައި އަޅުވާ ‘ކޮލާ’ ނުވަތަ ގިރުވާނެއްގެ ވާހަކަ އެވެ.

މި ގިރުވާނު މަސައްކަތް ކުރާ ގޮތައް ބަލައިލަމާ ހިނގާށެވެ. މި ގިރުވާނުގައި ސެންސަރެއް ހަރުކުރެވިފައި ހުރެއެވެ. އޭގެއިން ބުޅާ ގޮވާ އަޑު ރެކޯޑު ކޮށްލައެވެ. އަދި ޙާއްސަ ޕްރޮގްރާމެއްގެ އެހީގައި ބުޅާ ބުންނަ އެއުޅޭ އެއްޗެއް އިންސާނުންނަށް ދޭހަވާ ބަހަކަށް ތަރުޖަމާ ކޮށްދެއެވެ. މި އާއިޖާދު އުފައްދާފައި ވަނީ ޓެމްޕްޓޭޝަންސް ކިއާ ކުންފުންޏަކަށް ލަންޑަންގެ އެޑް އެޖެންސީ އެއް ކަމަށްވާ ‘އެޑަމް އެންޑް އީވް ޑީޑީބީ’ އިންނެވެ. މިއަށް ވަނީ ބުޅަލުގެ ތަފާތު އަޑުތަކުގެ ރަދީފެއް އިތުރު ކޮށްފައެވެ. އަދި މިރަދީފުގެ އެހީގައި ބުޅާ ބުނަން އުޅޭ އެއްޗެއްގެ ވަރަށް ސަރީހަކޮށް ތަރުޖަމާ ކޮށްދިނުމަށް މަސައްކަތް ކުރެއެވެ.

މިކަން ފެށުނު ގޮތާ ބެހޭގޮތުން ޕީޓް ސިމަންސް، ޓެމްޕްޓޭޝަންސް ގެ ގްލޯބަލް ބްރޭންޑް އެންބެސެޑާ، ބުނެފައިވަނީ އެމީހުން އަބަދުވެސް ބުޅަލާ މެދު އަޖާއިބް ވާކަމަށާއި އެހެންކަމުން، ބުޅާތައް ވިސްނައި ގަތުމަށް އެމީހުން ބޭނުންވި ކަމަށެވެ.

މި ކޮލާ ނުވަތަ ގިރުވާނާ ބެހޭގޮތުން ހަދާފައިވާ ޕްރޮމޯޝަން ވީޑިއޯގައި ބުނެފައި ވަނީ މިއީ ދުނިޔޭގެ މިފަދަ ފުރަތަމަ އުފެއްދުން ކަމަށެވެ. އެ ޑިޒައިން ކޮއްފައި ވަނީ އިންސާނުންނަށް ބުޅަލުގެ ގޮވުންތަކާ ލައްވާ އަޑުތައް ވިސްނައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. “އަބަދުވެސް ހީވެފައި މިއޮންނަނީ ބުޅާ ކުރާ ކަންތައްތައް ދެނެގަތުން އުނދަގޫ ކަމަށް. އަހަރުމެން ޓެމްޓޭޝަންސް ލެބް ހަަދައި އެތާގައި އަހަރުމެން ބެލީ ބުޅާ ގެންގުޅޭ ފަރާތްތަކާ ބުޅަލާ ގުޅުން އިތުރަށް ބަދަހި ވާނެ ގޮތްތަކާ މެދުގަ.” އެޑަމް އެންޑް އީވް ޑީޑީބީ ގެ އެގްޒެކެޓިވް ކްރިއޭޓިވް ޑައިރެކްޓާ، ރިޗާޑް ބްރިމް ބުންޏެވެ.

ވީޑިއޯގައި އިތުރަށް ބުނެފައިވާ ގޮތުން، ދިރާސާތަކުން ދައްކާ ގޮތުގައި ބުޅާ ‘މިއަވް’ ކުރަނީ އިންސާނުންނާ މުޢާމަލާތް ކުރުމަށް އެކަނި ކަމަށެވެ. އެހެން ކަމުން އެމީހުންގެ މަޤްސަދަކައްވީ، ބުޅަލުގެ ތަފާތު އަޑު ތައް އަހާ ‘އެނަލައިޒްކޮށް’ ސެންސަރެއް ޑިޒައިން ކޮއް އުފެންދުން ކަމުގައި ވީޑިއޯގައި ބުނެފައި ވެއެވެ. އެއަށްފަހު ޙާއްސަ ޕްރޮގްރާމެއް ބޭނުން ކޮއްގެން ބުޅާ ބުނާ އެއްޗެއް އިންސާނުންނަށް ދޭހަވާ އަޑުތަކަކަށް ބަދަލު ކުރަނީ އެވެ.

އެހެންކަމުން މި ކޮލާ ބޭނުން ކޮށްގެން ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅަލާ ވާހަކަ ދައްކާ ރަނގަޅު ޖަވާބެއް ލިބުމުގެ އުންމީދު ކުރާނެއެވެ. ބުޅާ ދޭ ޖަވާބު ތައް ބޭނުން އަޑަކުން އަޑު އެހުމެގެ ފުރުސަތު މިއާ އެކު ފަރުމާ ކޮށްފައިވާ ފޯން އެޕްލިކޭޝަން ބޭނުން ކޮއްގެން ދެނެގަނެވޭނެ އެވެ.

ދެން އުފެދޭނެ ސުވާލަކީ ހަގީގަތުގައިވެސް އެމީހުން އެބުނާ ފެންވަރަށް އެ އާލާތް މަަސައްކަތް ކޮށްފާނެ ބާއެވެ. އެކުންފުނީގެ ޔޫޓިއުބް ޗެނަލުގައި އެމީހުން ބައެއް ސާމްޕަލް އަޕްލޯޑް ކޮށްފައި އެބަހުއްޓެވެ. ނަަމަވެސް އެ ބަލާފައި އެހާ އަޅާގަންނަ ގޮތެއް ނުހުރެ އެވެ. ކެޓާބޮކްސް މާކެޓިން އަށް ބަލާ ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް ހަގީގަތުގައި އަހަރުމެން ހިތަށް މިއަރާ ފެންވަރުގައި މަސައްކަތް ނުކުރުމަކީ އެކަށީގެން ވާކަމަކެވެ. ނަމަވެސް މުސްތަގު ބަލުގައި އެފެންވަރުގެ އުފެއްދުމަށް ބާޒާރަށް އައުން އެކަށީގެން ވެއެވެ. ސްވިޑެން ކުންފުންޏަކުން ދަނީ ‘މިއަވްޒިކް’ ކިޔާ ދިރާސާއެއް ކުރިއަށް އޮތް ފަސް އަހަރަށް ބަލާ ހަދަމުންނެވެ. މިކަމުގެ ނަތީޖާ ފޮނިވާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.