English Edition
Dhivehi Edition

ޖަރުމަނު ލީގުގައި ރޭ އާރުބީ ލީޕްޒިގްއާ އަތުން މޮޅުވެ ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ލީގު ކަށަވަރު ކުރެވެން އޮތް ބަޔާން މިއުނިކުން ފުރުސަތު ނަގާލުމުން ލީގު ޗެމްޕިއަންކަން ހޯދުމައަށް ވާދަ ކުރަމުން އަންނަ ދެ ޓީމްގެ މެދުގައި ފަހު މެޗުތަކަށްދާއިރު ޗެމްޕިއަންކަން ހޯދުމުގެ ފޯރިގަދަވެއްޖެ .

ލީގު ހޯދުމަށް ބަޔާނާ ވާދަކުރަމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-2 އިން ޑަސެލްޑޯފް ބަލިކޮށްފަ އިވާއިރު ބަޔާން އާއި އާރުބީ ލީފްޒިގް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމައަކަށް ލަނޑެއް ނުޖެހި 0-0 ލަނޑުންނެވެ.

ޖަރުމަނު ލީގުގައި މިހާރު ކޮންމެ ޓީމަކުން ވެސް 33 މެޗު ކުޅެފައިވާއިރު ބަޔާން އެއް ވަނައިގައި އޮތީ 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 73 ޕޮއިންޓެވެ.މި ނަތީޖާ އާއި އެކު ލީގުގައި ދެ ޓީމް ކުޅޭ ފަހު މެޗު އެއްވަރު ކޮށްލައިގެން ވެސް ބަޔާންއަށް ތަށި ލިބޭނެއެވެ،ބަޔާންއަށް ޑޯޓްމަންޑްއަށް ވުރެ ގިނަ ފައިދާ ގޯލް ލިބިފައިވާއިރު ޑޯޓްމަންޑަށް ލީގު ކަށަވަރުވާނެ ހަމައެކަނި ގޮތަކީ ބަޔާން ފަހު މެޗުގައި ބަލިވެ އެޓީމުގެ މެޗު ކާމިޔާބު ކުރުމެވެ.

ޑޯޓްމަންޑުގެ އިޑޫނާ ޕާކް ގައި ރޭ ޑޫލްޑޯސެފް ކޮޅަށް ފުރަތަމަ ގޯލު ޖެހީ މި ސީޒަން ނިމުމުން ޗެލްސީއަށް ބަދަލުވާން ނިންމާފައިވާ ކްރިސްޓިއަން ޕުލިސިކް އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޑޫސެލްޑޯފްގެ އޮލިވާ ފިންކް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެ ވަނަ ހާފުގައި ޑޯޓްމަންޑުގެ ތޯމަސް ޑިލަނޭއާ މާރިއޯ ގޮޓްޒޭގެ ގޯލުތަކުން ޑޯޓްމަންޑް ވަނީ 3-1 އަށް ނަތީޖާ ބަދަލުކޮށްލައިފައެވެ. ޑޫސެލްޑޯފް އިން މެޗުގައި ފަރަގު ކުޑަކުރީ މެޗު ނިމެން އުޅެނިކޮށް ދާވީދް ކައުނާކީ އެވެ.

ޖަރުމަނު ލީގުގައި ކުޅޭ އެންމެ ފަހު މެޗުގައި އަންނަ ހަފްތާގައި ޑޯޓްމަންޑުން ރަށުން ބޭރުގައި ނުކުންނާނީ މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަބަޗްއާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ބަޔާން ނުކުންނާނީ އެއިންޓްރަކް ފްރެންކްފާޓްއާ ދެކޮޅަށެވެ.