English Edition
Dhivehi Edition

ސީރިޔާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގައި ދިވެއްސަކު މަރުވެއްޖެކަމަށް ސީރިއާގައި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ، ބިލާދް އަލްޝާމް މީޑިއާއިން ބުނެފިއެވެ.

ބިލާދް އަލްޝާމް މީޑިއާއިން ބުނީ މި ރަމަޟާންމަހުގެ 2 ވަނަ ދުވަހު މަރުވެފައިވަނީ އަބޫ ހަމްޒާ އަލް މާލްދީފް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. ބިލާދް އަލްޝާމް މީޑިއާއިން ބުނެފައިވަނީ އޭނާ މަރުވި ދުވަހު ހަނގުރާމައިގެ ހާލަތު ހުރި ގޮތުން ހަމްޒާގެ ހަށިގަނޑު ހަނގުރާމައިގެ މައިދާނުން ނުނެގުނު ކަމަށެވެ، އަދި ހަމްޒާގެ ހަށިގަނޑާ ހަވާލު ވެފައިވަނީ މަރުވިތާ އެއް ދުވަސް ފަހުން ކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ. ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވާ މި މީހާ އާއި ބެހޭ އިތުރު މައުލޫމާތެއް އަދި އެގިފައިނުވާއިރު ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަރުވެފައިވަނީ ފުވައްމުލަކު މީހެކެވެ.

ފަހަކަށް އައިސް ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް މުޅި އާއިލާއެކު، ސީރިއާއަށް ދަނީ ހިޖުރަކުރަމުންނެވެ. ރާއްޖެއިން ހަނގުރާމައިގައި ބައިވެރިވުމާށް ދާ ގިނަ އަދަދެއްގެ ފިރިހެނުން މަރުވެފައިވާއިރު ޔަތީމްވެފައިވާ ކުޑަކުދިންނާއި ހުވަފަތްވެފައިވާ އަންހެނުން އުޅެމުންދަނީ ވަރަށް ހާލުގައެވެ. އަދި ބައެއް އާއިލާތަކުން އެބުރު ރާއްޖެ އައުމަށް އެދެމުންދާއިރު ސަރުކާރުން އަންނަނީ އެމީހުންނަށް އެހީތެރިވުމުގެ މަސައްކަތްކުރަމުންނެވެ.

 

ޓެގު