English Edition
Dhivehi Edition

ރާއްޖޭގެ އެހީދޭ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، (އައިއޭސީ) އިން އެއްކުރި އެހީގައި ސީރިއާގައި ކުޑަކުދިންނަށް ސްކޫލެއް ހުޅުވައިފި އެވެ.

އަލޫކާ ގެ ނަމުގައި ހުޅުވި މި ސްކޫލްގައި 250 ޔަތީމު ކުދިން ކިޔަވަމުން ދެއެވެ. ސީރިއާ ތެރޭގައި ތުރުކީގެ ބެލުމުގައި ދަށުގައި އޮތް ސަރަހައްދެއްގައި ހުންނަ މި ސްކޫލް ހުރި ސަރަހައްދަކީ މިހާރު ރައްކާތެރި ސަރަހައްދެކެވެ.

މި ސްކޫލަކީ އައިއޭސީއިން އިސް ނަގައިގެން ތުރުކީގެ އައިއެޗްއެޗް އާއި ޔޫކޭގެ އޮލިވް ގްރޯވް ފައުންޑޭޭޝަން ގުޅިގެން ހުޅުވި ސްކޫލެކެވެ. އެ ޕްރޮޖެކްޓްގެ ދަށުން ސީރިއާގެ އިޑްލިބްގައި ކްލާސްރޫމްތަކުގެ އިތުރުން މިސްކިތެއް ވެސް ވަނީ ހުޅުވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތަނުގައި ލައިބްރަރީއަކާއި ކޮމްޕިއުޓަރު ލެބެއްވެސް ހެދުމަށް ރާވައިފައިވާ ކަަމަށް އެފަރާތުން ބުނެއެވެ.

އަލޫކާ ސްކޫލް ހުޅުވާފައިވާ ތަނަކީ މީގެ ކުރިން ވެސް ސްކޫލެއްގެ ގޮތުގައި، ހިންގި ތަނެކެވެ. ނަމަވެސް ހަމަލާއެއްގައި އެތަނަށް ގެއްލުން ލިބުނުއިރު، އެތަން މަރާމާތްކޮށް އަލުން އެތަނުގައި ކިޔަވާދޭން ފެށުނީ ދިވެހިންގެ ދީލަތި އެހީގައި އައިއޭސީއަށް ލިބުނު ފައިސާއިންނެވެ.

ޓެގު