English Edition
Dhivehi Edition

މިއަހަރުގެ މެޓް ގާލާއަށް ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ ލައިގެން ހުރި ހެދުމަށާއި ކުރި މޭކަޕަށް ދިވެހިން ހިމެނޭގޮތަށް މުޅި ދުނިޔޭއިން ވެސް ކުރީ މަލާމާތެވެ.

ދިވެހިންނަކީ ބޮލީވުޑްގެ ފިލްމީ ދާއިރާގެ އެކި އެކި ސިލްސިލާ ތަކާއި ފިލްމުތައް ޒަމާނުއްސުރެ ބަލާ ބައެކެވެ. ނަމަވެސް ޕްރިޔަންކާގެ މި އާ ސްޓައިލަށް ދިވެހިން މަލާމާތް ކުރި އިރު ސުނީތާގެ ބޮޑު ސަޕޯޓަރެއް އަދި ރާއްޖޭގެ މޮޅު ނެށުންތެރިޔާ ސުނީތާ އަލީ ބުނީ ދިވެހިން ސުނީގެ މި އާ ސްޓައިލަށް ފާޑުކިޔަނީ ފެޝަން ނޭނގޭތީ ކަމަށެވެ.

ސުނީތާ ފާޑުކިއުންތެރީންގެ އަނގަ ބަންދުކޮށްފައިވާއިރު ސުނީތާ ބުނީ ފެޝަން ދެނެގަންނަން ނޭނގުމަކީ އޭނާގެ މައްސަލައެއް ނޫންކަމަށާއި ދިވެހީން ތަހުޒީބުވުމަށް ސުނީތާ ނަސޭހަތް ތެރިވެފައިވެއެވެ. މީސް މީޑިޔާގައި މިކަމާ ގުޅިގެން ދަނީ އެކި އެކި ވާހަތައްވެސް ދައްކަމުންނެވެ.

މެޓް ގާލާ ޝޯއަށް ޕްރިޔަންކާ ޗޯޕްޅާ ދިޔައީ އޭނާގެ އަލަތު ފިރިމީހާ ނިކް ޖޯނަސް އާ އެކީއެވެ. ނިކްޖޯނަސް އާއި ޕްރިޔަންކާ އެންމެ ފުރަތަމަ ދިމާވެފައި ވަނީވެސް މީގެ ކުރީ އަހަރެއްގެ މެޓްގަލާ އިންނެވެ. މިދެތަރިން މެޓްގަލާއިން ދިމާވުމަށްފަހު މާގިނަދުވަސް ތަކެއްނުވެ ރައްޓެހިވެގެން އުޅޭ ޙަބަރު މީޑިއާގައި ފެތުރުނެވެ. އަދި އެންގޭޖްވެ މާގިނަ ދުވަސްތަކެއް ނުވެ މިދިޔަ އަހަރު މިދެމީހުން ވަނީ ކައިވެނިކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޕްރިޔަންކާ ގެ ހެދުން ތައްޔާރު ކުރުމަށް 1500 ގަޑިއިރު ހޭދަވިކަމަށް ބެލެވެއެވެ.

2 ކޮމެންޓް
ކެޔޮޅު
މެއި 11, 2019
ސުނީގެ އާ ސްޓައިލެއްނޫން ޕުރިޔަންކާ.. ތަންކޮޅެއް ބަލާލައިގެން ޙަބަރު ލިޔެބަލަ
ޢަބދުﷲ
މެއި 10, 2019
ލިޔުމުގައި ބޮޑު ކުށެއް