English Edition
Dhivehi Edition

“ރޯދައިގެ ބަދިގެ” މި ސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީ އަށް މިއަދު ޙާއްސަކޮށްލަނީ ޗީޒް ކަޓްލަސް ތައްޔާރު ކުރާނެ ގޮތް.

ބޭނުންވާތަކެތި:

6 އަލުވި މޮޑެލެވޭވަރަށް ފެނުކައްކާފައި

1/2 ޖޯޑް ކޮރިއަންޑާ ފަތް (ހިމުންކޮށްކޮށާފައި)

300ގ ޗީޒް ގާނާފައި

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

3 ސައިސަމްސާފުށް

1 ބޮޑުފިޔާ (ކުދިކޮށްކޮށާފައި)

ރަހަލާވަރަށް ލޮނާއި އަސޭމިރުސް

1/2 ޖޯޑު ފެން

1 މަސްދަޅު

1 ޖޯޑު ފާރޮށިކުނޑި

1 ސަމްސާ ގަރަމްމަސާލާ

ތައްޔާރު ކުރާނެގޮތް:

ތަވާ އުނދުންމައްޗަށް އުދާލައިފައި ތެޔޮއަޅާފައި ހޫނުވީމާ ފިޔާ، ގަރަމްމަސާލާ އަދި މިރުސް އެއްކޮށްލުމަށްފަހު މޯޅިވީމާ ނަގާ ހިހޫ ކޮށްލާށެވެ. ދެން އަލުވި، ކޮރިއަނޑާފަތް ، މަސް، ޗީޒް އަދި ލޮނާއި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް މޮޑެލުމަށްފަހު ގުޅަހައްދަވާށެވެ. ދެންފުށްކޮޅު ބައިޖޯޑު ފެނުގައި ގިރުމަށްފަހު ގުޅަތައް ގިރާފައި ހުރި ފުށުގެތެރެއަށް ލުމަށްފަހު ފާރޮށިކުނޑި ހޭކުމަށްފަހު ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާށެވެ.