English Edition
Dhivehi Edition
ސިނަމާލެ ބްރިޖު--- ފޮޓޯ : ސޯޝަލް މީޑިއާ

ސިނަމާލެ ބުރިޖާ ގުޅުވައިދޭ ހައިވޭ މަތިން ވޭނެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ވޭނު މާލެއިން ހުޅުމާލެއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ވޭނު ކޮންޓްރޯލުން ނެއްޓި ހިނގި މި އެކްސިޑެންޓް ގައި ސިނަމާލެ ބުރިޖު ގުޅުވައިދޭ ހައިވޭގައި ހުންނަ ޑިވައިޑަރުތަކުގައި ޖެހި ގިނަ ޑިވައިޑަރުތައް ވަނީ ހަލާކުވެފައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި މިއަދު ހެނދުނު 10:11 ގައި މި އެކްސިޑެންޓް ވެގެން ފުލުހުންނަށް ވަނީ ރިޕޯރޓް ކޮށްފައެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު މިހާރު ބަލަމުން ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިިފައި ނުވާ ކަމަށްވެސް ފުލުހުން ހަބަރުދެއެވެ.

މިއަދު ހެނދުނު ވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާގެ ރަސްމީ ކާރުކޮޅުވެސް އެކްސިޑެންޓެއް ވެފައެވެ. މިނިސްޓަރުގެ ކާރުކޮޅާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓް ވެފައިވަނީ މާލޭ ރިންގު ރޯޑުގައި، ކާނިވަލް ސަރަހައްދުންނެވެ.