English Edition
Dhivehi Edition

ސޮނީ ޓީވީ އިން ދެއްކި ކާމިޔާބު ޑްރާމާ ސިލްސިލާ ‘ޖައްސީ ޖޭސީ ކޮއި ނަހީ’ އިން މަޝްހޫރުކަން ހޯދި ޓީވީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ކަރަން އޮބެރޯއި ހައްޔަރުކޮށްފިއެވެ.

ކަރަން ހައްޔަރުކޮށްފައިވަނީ ފެޝަން ޑިޒައިނަރެއް ރޭޕްކޮށް، ބިރުދެއްކި ކަމަށް ބުނެ ކަރަން އާދެކޮޅަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެން އިންޑިއާގެ މުމްބާއީގައެެވެ. ފުލުހުން ބުނީ ކަރަން އާއި ދެކޮޅަށް ރޭޕްގެ އިތުރުން މަކަރުހެދުމާއި އޮޅުވާލުމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވާކަމަށެވެ. އެ އަންހެންމީހާއާއި ހަވާލާދީ ފުލުހުން ބުނީ ކަރަން އާއި އެ އަންހެންމީހާ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށެވެ. އަދި އޭނާއާއި ކައިވެނިކުރާނެކަމަށް ބުނެ އޭނާގެ ބަރަހާނާ މަންޒަރު ވީޑިއޯކޮށްފައިވާކަމަށެވެ. އަދި ފަހުން އެ ވީޑިއޯތައް ބޭނުންކޮށްގެން އޭނާއަށް ބިރު ދައްކާ ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ ބަޔާނަށް ބެލުމަށްފަހު ފުލުހުންވަނީ އާދިއްތަ ދުވަހު ކަރަން ހައްޔަރުކޮށްފައެވެ. އަދި މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ.