English Edition
Dhivehi Edition

މިޗޮކްލެޓް ސްމޫތީއަކީ ވަރަށްމީރު، ނޮން ޑެއިރީ ސްމޫތީއެކެވެ. ކަދުރަކީ އޭގައި ގުދުރަތީ ފޮނިރަހަ އެކުލެވޭ ފުރުޓެކެވެ. އޭގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވެއެވެ. އެހެން ކަމުން މި ޗޮކްލެޓް ސްމޫތީ ވާނީ ހަށިގަނޑަށް ފައިދާ ހުރި ރެސިޕީއަކަށެވެ.

މިއަދު މިގެނެސްދެނީ “ޑާކް ޗޮކްލެޓް ސްމޫތީ” ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ.

ބޭނުންވާތަކެތި:

3 ކަދުރު

1 ޖޯޑު އަންސްވީޓެންޑް ޗޮކްލެޓް މިލްކް

1 ޖޯޑު އައިސް

1 ސައިސަމްސާ އަންސްވީޓެންޑް ކޮކޯޕައުޑަރ

1(5.3oz) ވެނީލާ ޔޯގަޓް

1/2 1 ފްރޯޒެން ބަނާނާ ސްލައިސް

ތައްޔާރު ކުރާނެގޮތް:

އެންމެފުރަތަމަ ކަދުރު ފެންތަށްޓަކަށް އެޅުމަށްފަހު 3 މިނެޓްވަންދެން ބަހައްޓާށެވެ. ކަދުރު މަޑުވީމަ ނަގާފެންހިއްކާލާށެވެ. ދެން ކަދުރު އަދި ޗޮކްލެޓް މިލްކް، ބްލެންޑަރަށް އެޅުމަށްފަހު ބްލެންޑަރުގައި މިކްސްކުރާށެވެ. އެއަށްފަހު އައިސް އަދި ބާކީ ހުރި އެއްޗިސް އެއްކޮށްލުމަށްފަހު 30 ސިކުންތު ވަންދެން އޮލަވަންދެން ގިރާލާށެވެ. ބިއްލޫރި ތަށީގެ އެތެރޭގައި ޗޮކުލެޓް ސޯސް އިން ގާނިޝް ކުރާށެވެ. އެއަށްފަހު ތައްޔާރު ކުރިސްމޫތީ ބިއްލޫރި ތައްޓަށް އެޅުމަށްފަހު ކޮފީނުވަތަ އެސްޕްރެސޯ ގްރެނިއުލްސް އިން ގާނިޝް ކޮށްލުމަށްފަހު ސާވް ކުރާށެވެ.