އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ20 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ޓްރިޕްލް އޯރެއޯ ބްލޫބެރީ މަފިން ” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
އޯރިއޯ ބިސްކޯދު
1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ
2 ޖޯޑު ރޯކިރު
1/2 ޖޯޑު ބްލޫ ބެރީ
1/2ޖޯޑު ހަކުރު
ވިޕިން ކްރީމް
ތައްޔާރުކުރާން ގޮތް:
އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުތައް ރޯކިރުގެ ތެރެޔަށް އެޅުމަށް ފަހު 20 މިނެޓުވަރު ވަރު ބަހައްޓާލާށެވެ. ބިސްކޯދުތައް ރަނގަޅަށް މަޑުވުމުން ގިރާލާށެވެ. އޭގެ ތެރެޔަށް ބޭކިން ޕައުޑާ ކޮޅު އަޅާލާށެވެ. ރަނގަޅަށް އެއްވުމުން މަފިން ކަޕްއަށް އެޅުމަށް ފަހު 20 މިނެޓު ވަންދެން މައިކްރޯވޭވްކޮށްލާށެވެ.
މަފިންގެ ފިލިންގްސް ތައްޔާރުކުރުމަށް ހަކުރުކޮޅު މަޑު ގިނީގައި ބްރައުން ވަންގެން ކައްކާލުމަށް ފަހު ބްލޫބެރީތަށް އޭގެ ތެރެޔަށް އަޅާލާށެވެ. ރަނގަޅަށް އެއްވަންދެން މަޑުގިނީގައި ކައްކާލާށެވެ. މަފިން ތައްޔާރުވުމުން ހިހޫކޮށްލަން 10 ވަރަކަށް މިނެޓު ބަހައްޓާލާށެވެ. ހިހޫ ވުމުން މަފިންގެ ތެރެޔަށް ފިލިންގްސް އަޅާލާށެވެ.
ވިޕްކްރީމް ރަނގަޅަށް ވިޕް ވަންދެން ގިރާލާށެވެ. އަދި ކުޑަކޮށް ވިޕްވާން ކައިރިވުމުން ފިލިންސްއަށް ތައްޔާރުކުރި އެތިކޮޅުގެ ތެރެއިން ކުޑަ އެތިކޮޅެއް ވިޕްކްރީމްގެ ތެރެޔަށް އަޅާ ރަނގަޅަށް ވިޕްކޮށްލާށެވެ. ވިޕްވުމުން މަފިންގެ މަތީގައި ޕައިޕިންގ ބޭގަކުން ވިޕިންގ ޖަހާށެވެ.
މިހާރު މިހިރީ ޓްރިޕްލް ބްލޫބެރީ މަފިން ތައްޔާރުކޮށް ނިމިައިއެވެ.