English Edition
Dhivehi Edition

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީގެ ދެކަނބަލުންނަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފިއެވެ.

މީގެއިރުތަކެއް ކުރިން މޭގަން ފިރިހެން ދަރިކަލަކު ވިހާފައިވާކަމަށް ޕްރިންސް ހެރީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެގޮތުން ޕްރިންސް ހެރީ ވިދާޅުވީ ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ކަމަށާއި މިހާރު ވިސްނަނީ ދަރިފުޅަށް ކިޔާނެ ނަމަކާ ދޭތެރޭ ކަމަށެވެ.

ބެކިންހަމް ޕެލަސައިން ބުނެފައިވަނީ މޭގަން އަދި ލިބުނު ކުޑަ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި، މޭގަން ވިހާއިފައިވަނީ އިނގިރޭސި ވިލާތު ގަޑިން މިއަދު ހެނދުނު 5:26 ގައި ކަމަށެވެ. މޭގަން ވިހެއި ދަރިފުޅުގެ ބަރުދަނުގައި 3.2 ކިލޯ ހުރިކަމަށް އެ ޕެލެސް އިން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޭގަން ވިހާފައިވަނީ ފުރޮގްމޯރް ކޮޓޭޗުގައެވެ. މޭގަން ގެ މި ދަރިފުޅު ވެގެންދާނީ އިނގިރޭސި ރާނީގެ އަށްވަނަ މާމަ ދަރިއަށެވެ. ޕްރިންސް ހެރީ ވިދާޅުވީ މިއީ އޭނާ ކުރި ވަރަށް އުފާވެރި އަދި ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.