English Edition
Dhivehi Edition

މޭގަންގެ ހިނިތުންވުމާއި އުޅެމުންދާ ބިޒީ ދިރިއުޅުން ފެނިފައި ބައްޕަ ތޯމަސް މާކްލް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

މީޑިއާއާ ދިން އިންޓަވިއުއެއްގައި ތޯމަސް ބުނެފައިވަނީ ފިލްމީ ދާއިރާގައި އުޅެމުންދިޔަ އޭނަގެ ދަރިފުޅު މިހާރު ޝާހީ އާއިލާ އާ ގުޅުނުފަހުން ޝާހީ އާއިލާގެ ދިރިއުޅުމަށް ބަދަލުވެ ހަރުކަށި އުޅުމާއި އަވަދި ނެތި އުޅެންޖެހުމާއި އެމީހުންގެ ދިރިއުޅުމުގެ އުސޫލުތައް ހުންނަ ގޮތަށް މޭގަން އުޅެން ޖެހި އޭނައަށް އެކަމުން ލިބޭނީ އުފާ ނުންކަމަށާއި އަނިޔާ ކަމަށް ފެންނަކަމަށެވެ.

ތޯމަސްބުނެފައިވަނީ މެގަން ޝާހީ އާއިލާތަކުގެ ހަފްލާތަކުގައި ހިނިތުންވެފަ ހުންނަގޮތުންވެސް އޭނަ ބޮޑުވޭނެއްގައި އުޅޭކަން އިހްސާސްވާކަމަށެވެ. ” އަހަރެން އަބަދުވެސް ދަރިފުޅުގެ އުފާވެރި ހިނިތުން ވުން ދަންނަން، އަހަންނަށް އޭނަގެ ލޮލުންވެސް ވޭން ފެނޭ އަދި މޫނުމަތިންވެސް ފެންނަނީ އުނދަގޫތަކަކާއި ވޭން” ތޯމަސް ބުންޏެވެ.

މީގެ އިތުރުން ތޯމަސް ބުނީ އުމުރުން 36 އަހަރުގެ ދަރިފުޅު މޭގަން ޝާހީ އާއިލާ މެމްބަރުން އަމަލު ކުރަމުން އަންނަ އުސޫލަށް އުޅެން މަސައްކަތްކުރަމުންދާ ދަތިހާލު ފެނިފައި އޭނަ އެކަމާ ވަރަށް ކަންބޮޑުވާކަމަށެވެ. އަދި ޝާހީ އާއިލާގެ މެމްބަރުން ހެދުން އަޅާގޮތަކީ 1930 ވަނަ އަހަރުގެ މީހުން ހެދުން އަޅާގޮތް ކަމަށާއި ކަކޫ ނުފެންނަ ވަރަށް ހުންނަ ހެދުން މޭގަން އަޅައިގެން ހުންނަ ތަން ފެނުމުން ވެސް އޭނާ އެކަމާ ދެރަވާ ކަމަށެވެ.

އިނގިރޭސި ޝާހީއާއިލާ ވެގެންގޮސްފައިވަނީ ވަރަށްގިނަ ހަރުކަށި ތަފާތު އުސޫލުތަކާއި ހަމަތައް ހިފަހައްޓަމުން ދާ އާއިލާއެއްގެ ގޮތުގައެވެ. ކެއުމުގައި ވަކިއުސޫލެއް ގެންގުޅުމާއި، ހެދުންއެޅުމުގައި ވަކިއުސޫލެއް، އިށީންނައިރު ވަކިއުސޫލެއް، މީހުންނާއި ބައްދަލުކުރާއިރު ވަކި ގޮތެއް އަދި ކޮޅަށް ހުއްޓިލައިގެން ހުންނައިރު ވަކިގޮތެއް ފަދަ އުސޫލުތަކާއި ހަމަތަކެއް އަބަދުވެސް އޮވެއެވެ.