English Edition
Dhivehi Edition
ހުޅުމާލޭގެ މަގެއް-- ފައިލްފޮޓޯ

މިއަދު ހެނދުނު 6:37 ހައިރު ހުޅުމާލޭގެ ފިތިރޯނުމަގުގެ އެފްއެސްއެމް ކައިރިން ދުއްވާފައި ދިޔަ އެމްޓީސީސީ ބަހެއްގެ ދަށުވެ އަންހެނަކު މަރުވެއްޖެއެވެ.

މިހާދިސާގައި ބަހުގެ ދަށުވެ މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ޔޫކެރެއިންގެ އަންހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއެކްސިޑެންޓް ހިނގީ ބަސްދުއްވަން އިން ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވެއެވެ. މިއަދުގެ ހެނދުނު ހުޅުމަލޭގައި ބައެއް އެކްސިޑެންޓްވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އެކްސިޑެންޓްގައި މަރުވެފައިވަނީ ޓޫރިސްޓެކެވެ. އަދި ބަސްދުއްވަން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.