English Edition
Dhivehi Edition

ކޭކަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުނަށް ވަރަށް ކަމުދާ ފޮނިއެއްޗެކެވެ. ކޭކް ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ޑެޒަޓް ތައްޔާރު ކޮށްގެން ފޮނި އެއްޗިއްސަށް ލޯބިކުރާ މީހުން ބޭނުން ކުރެއެވެ.

މިއަދު މިގެނެސްދެނީތާޒާ ސްޓްރޯބެރީ އާއި ކްރީމް ބޭނުންކޮށްގެން”ސްޓްރޯބެރީ ކްރީމް ކޭކް” ތައްޔާރުކުރަނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި:

1/2 1 ޖޯޑު ފުށް

2 ސައިސަމުސާ ބޭކިން ޕައުޑަރު

1/2 ސައިސަމުސާ ސަމުސާލޮނު
1 ޖޯޑު ހަކުރު
2 ބިސް
2 ބިހުގެ ގޮބޮޅި

1/2 ސައިސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑު ފުލް ކްރީމް މިލްކް

1 ޖޯޑު ސްޓްރޯބެރީ ތުނިކޮށް ކޮށާފައި
1 ސައިސަމުސާ އަން ފްލޭވާޑް ޖެލެޓިން
ވިޕިން ކްރީމް

1/2 ޖޯޑު ބަޓަރު(އަންސޯލްޓެޑް)

ކޭކް ތައްޔާރުކުރާނެގޮތް:

ބޯތަށްޓަކަށް ފުށާއި ބޭކިން ޕައުޑަރު އަދި ލޮނުކޮޅު އެޅުމަށްފަހު އެއްކޮށްފައި ބަހައްޓާށެވެ. ދެން އިތުރު ބޯތަށްޓަކަށް ބަޓަރާއި 1/2 ޖޯޑު ހަކުރު އަޅައި މަޑު ރީނދޫ ކުލައަކަށް އަރައި ކްރީމް ގަނޑެއްހެން ވަންދެން މިކްސް ކުރާށެވެ. އެއަށްފަހު އޭގެތެރެއަށް ބިހާއި ވަކިން ނަގާފައިވާ ބިހުގެ ގޮބޮޅި ވަކި ވަކިން އެއްކުރަމުން ކުރިންވެސް މިކްސް ކުރަމުން ދިޔަ ގޮތަށް މިކްސް ކުރާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވުމުން އޭގެތެރެއަށްވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. ހޭންޑް މިކްސަރުގެ ސްޕީޑް އެންމެ މަޑުކުރުމަށްފަހު މަދު އެތިކޮޅު ކޮޅުން ފުށާއި ކިރު އަޅައި ގިރަމުން ގެންދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުންކޭކް ފުށްގަނޑު ތައްޔާރު ކުރެވުނީ އެވެ.

ދެންތައްޔާރުކުރި ފުށްގަނޑުޓްރޭއަށް އަޅައި، އަވަން 175 ޑިގްރީއަށް ބަދަލުކޮށް 30-35 މިނިޓް ވަންދެން ފިހަން އަވަނަށް ލާށެވެ. ކޭކް ފިހެވުނީމާ ފިނިކުރަން އަވަނުން ނެގުމަށްފަހު ފިނިކުރަން ބަހައްޓާށެވެ.

ކޭކްގެ ޓޮޕިން ތައްޔާރު ކުރާނެގޮތް:

ފެންފޮދަކަށް ޖެލެޓިން ގިރާލުމަށްފަހު ތަވަޔަކަށް އެޅުމަށްފަހު މަޑުގިނީގައި ޖެލެޓިން ވިރެންދެން ކައްކާލުމަށްފަހު އުނދުންމަތިންބޭލުމަށްފަހު ފިނިކުރަން ބަހައްޓާށެވެ. ދެން ބޯތަށްޓަކަށްވިޕިންގް ކްރީމް އެޅުމަށްފަހު ހަކުރު ކޮޅެއް އެޅުމަށްފަހު ހޭންޑް މިކްސާއިން ރަނގަޅަށް ވިޕްކުރަމުންގެންދާށެވެ. ދެން ފޯމްގަނޑެއްހެން ވުމުން ފިނިކުރަންބެހެއްޓި ޖެލެޓިން ޕިޕިންގް ކްރީމްއާ އެއްކުރަމުން ގެންދާށެވެ.

ކޭކްޑެކަރޭޓް ކުރުމަށް ޓްރޭއެއްގައި ސްޓޯބެރީ ސްލައިސް އަތުރާލާށެވެ. އޭގެމަތީގައި ވިޕިންގް ކްރީމް ލޭޔާއެއް އެޅުމަށްފަހު ކޭކް ބާއްވާށެވެ. އަދި ކޭކްގެ މަތީގައި ސްޓްރޯބެރީ އަތުރާލުމަށްފަހު އަނެއްކާ ވިޕިންގް ކްރީމް ލޭޔާއެއް ލުމަށްފަހު މަތީގައި ސްޓްރޯބެރީ ގައި ހަކުރު ހޭކުމަށްފަހު އެއްލޭޔާ އަޅާލާށެވެ. މިހަހިސާބުން ސްޓްރޯބެރީ ކްރީމް ކޭކް ތައްޔާރު ކުރެވުނީއެވެ.

ނޯޓް: މި ކޭކް ކެއުމުގެ 30 މިނެޓް ކުރިން ފްރިޖްގައި ފިނިކުރުމަށް ބެހެއްޓުމަށް ފަހު ބޭނުން ކުރުމުން އިތުރަށް މީރުވާނެއެވެ.