English Edition
Dhivehi Edition
Geneva, SWITZERLAND: Maldives Foreign Minister Abdulla Shahid delivers a speech in front of a screen showing the entrance of the Maldives embassy in the virtual reality of web-based Second Life after its opening ceremony 22 May 2007 in Geneva. The Maldives on Tuesday became the first country to open an embassy in the virtual reality of web-based Second Life, a fantasy world inhabited by computer-generated residents. The embassy is located in the "Diplomatic Quarter" of Second Life, and visitors will be able to talk to a virtual diplomat about visas, trade and other issues. AFP PHOTO / FABRICE COFFRINI (Photo credit should read FABRICE COFFRINI/AFP/Getty Images)

ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީ އަށް ލިބިފައިވާ ދެ ޖަވާހިރު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުލުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު، އޮންލައިން ނޫހެއް ކަމަށްވާ “މިހާރު” ނޫސް އަށް ދެއްވި އިންޓަވިއުއެއް ގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް ހަމަ އެހާ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަކީ ހަމަ އެމްޑީޕީ އަށް ލިބިފައިވާ ދެ ޖަވާހިރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފިތުނަ އުފެއްދުމަށް ޖާގަ ނުދެއްވާނެ ކަން ފާހަގަ ކުރަައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ “އަޅުގަނޑުމެން އެމްޑީޕީ އެ އަށް ވުރެ މާ ހިތްވަރުގަދަ. ދެ ޖަވާހިރު އެކުގައި ގެންގުޅޭނީ،” ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނާ އެންމެ އަރިސްކޮށް އަދި މައުމޫން އުފެއްދެވި ފުރަތަމަ ސިޔާސީ ޕާޓީ ޑީއާރުޕީގައި ކުރިން އުޅުއްވި ޝާހިދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތުމާ އެކު، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެންމެ ގާތް ބޭފުޅުނާއި އެންމެ ގާތް ލިސްޓުން ޖާގަ ހޯއްދަވައިފަ އެވެ. އަދި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި މިނިސްޓަރ ޝާހިދު އަބަދުވެސް އުޅުއްވައެވެ.