English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ލިޓްލްމެއިޑް ކުދިންނާއި ގައިޑް ކުދިން އަދި ސްޓަރ ކުދިންގެ އެންރޯލްމަންޓް ސެރަމޮނީ އިއްޔެރޭ ހުޅުދޫ ސްކޫލްގައި ބާއްވައިފިއެވެ.

މިރަސްމިއްޔާތުގައި ލިޓްލްމެއިޑް ކުދިންގެ ތެރެއިން ގޯލްޑަން ބަރ އަދި ގޯލްޑަން ލެޑަރ ހަސިލު ކުރި ކުދިންނަށް ބެޖުހަވާލު ކުރުންވެސް އޮތެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ޓޮޕް އެޗީވަރސް ހޮވާ އެދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިނާމް ދެވުނެވެ. ޓޮޕް އެޗިވަރސްގެ މަޤާމަށް 3 ދަރިވަރުން ހޮވުނެވެ.އެއީ ލިޓްލް މެއިޑް ، ރައްޔާ ހަނީފް ، މަނާލް އަލިދީދީ އަދި އީނަލް އަޝްރަފް އެވެ.މީގެ އިތުރުން މިރަސްމިއްޔާތުގައި ބެސްޓް އޯލް ރައުންޑް ލިޓްލްމެއިޑް ކަމުގެ މަޤާމު ހޮވާފައިވާއިރު މިމަޤާމަށް ހޮވިފައިވަނީ ލިޓްލްމެއިޑް ނޫރާން ތަވީލް ޢަބްދުލް މުހްސިން އެވެ.

އަންހެން ކުދިންނަށް އަމާޒުކުރެވިގެން ކުރިއަށް ގެންދާ މިހަރަކާތުގެ މައިގަޑު މަޤުސަދަކީ، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމާއި ދީނީ ކަންތައްތަކަށް ދަރިވަރުން ހޭލުންތެރި ކުރުން ކަމަށް ހުޅުދޫސްކޫލްގެ ވޮރެންޓެޑް ގައިޑަރ އަލްފާޟިލާ އާއިޝަތު އަލިދީދީ ވިދާޅުވިއެވެ.

ހުޅުދޫސްކޫލަކީ އަބަދުވެސް ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާ ސްކޫލެއްކަން ފާހަގަ ކުރެވެއެވެ.