English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ހުޅުދޫ ސްކޫލްގެ ދިވެހި އަދި އިނގިރޭސި ކުލަބުން އިންތިޒާމު ކޮށްގެން މިދިޔަ މަހު ބޭއްވި ދިވެހި އަދި އިނގިރޭސި ހަފްތާގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އެ ސްކޫލްގައި ބުދަދުވަހު ހަވީރު ބާއްވައިފިއެވެ.

މި ދެ ހަފްތާވެސް ކުރިއަށް ގެންގޮސްފައިވަނީ ތަފާތު އުމުރު ފުރާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖު ، ކީސްޓޭޖް 1 ގެ އިތުރުން ކީސްޓޭޖް 2 ، އުމުރު ފުރާތަކުގައި ހިމެނެއެވެ.މިދެ މުބާރާތުގައިވެސް ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

 

ދިވެހި ހަފްތާގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި އަކުރުން ބަސްހެދުން،ބުރަފަތިލަފުޒުން ބަސް ހޯދުން،ރައިވަރު ކިއުން،ޅެންކިއުން،ޚަބަރު ކިއުން،ބަނދި ކިއުން އަދި ވާހަކަ ދެއްކުން ހިމެނެއެވެ. މީގެ އިތުރުން އިނގިރޭސި ހަފްތާގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި ވޯރޑް ބިލްޑިންގ،ސްޕަލިން ބީ،ޕިކްޗަރ ޑިސްކްރިޕްޝަން،ހޭނޑްރައިޓިން،ސްޓޯރީ ޓެލިން،ސްޕީޗް،ޝޯ އެންޑް ޓެލް،ޕޮޔަމް އަދި ސްޓޯރީ ރައިޓިން ހިމެނެއެވެ.

މި ދެ މުބާރާތުންވެސް ވަނަވަނަ ހާސިލު ކުރި ކުދިންނަށް ތައްޓާއި މެޑަލްގެ އިތުރުން ހަނދާނީ ލިޔުން ދެވުނެވެ.މިފަދަ މުބާރާތްތަކުގެ މައިގަނޑު މަޤުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ބަހަށް ލޯބި ޖެއްސުމާއި އެކު ދަރިވަރުންގެ ކިބައިގައިވާ އަމިއްލަ ނަފުސައް އޮތްނަ އިތުބާރު ބޮޑުކުރުން ކަމަށް ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ހާމަކުރެއްވިއެވެ.

މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ޝައުޤުވެރިކަން އުފެދި އެކުވެރިކަން ބަދިވާކަން ފާހަގަ ކުރެވެއެވެ.