English Edition
Dhivehi Edition

ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ތަޤްވާގެ މާތް ސިފަ އަށަގެންނެވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާގައި ވިދާޅުވީ ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ތަޤްވާގެ މާތް ސިފަ އަށަގެންނެވުން ކަމަށާއި، މި މައްސަރު މާތްކުރެއްވުނު އެއް ސަބަބަކީ އެ މައްސަރުގައި ކީރިތި ޤުރުއާން ބާވައިލެއްވުން ކަމަށްވީއިރު، ކީރިތި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ.

ރޯދަމަސް ބޯމަތި ވެފައިވާއިރު މިއަދުގެ ހުތުބާގައި ބޮޑަށް އަލި އަޅުވާފައި ވަނީ ވެސް ރޯދަމަހަށެވެ. އެގޮތުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުސްލިމުން ކުރިމަތިލުމަށް ތައްޔާރުވަމުންދާ ރަމަޟާން މަހަކީ، ރަޙުމަތާއި، ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ ބަރަކާތްތެރި މައްސަރުކަމަށާއި ރަމަޟާން މަހަކީ އިލާހީ ރަޙުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މާތް މައްސަރެއް ކަމަށެވެ.

ރަމަޟާން މަސް ފަދަ ބަރަކާތްތެރި މާތް މައްސަރެއް މުސްލިމުންނަށް މިންވަރުކުރެއްވި ކަމަށްޓަކައި އެކަމަށް ޝުކުރުކޮށް އުފާކުރުން ޙައްޤުކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުގާގައި އިތުރަށް ވިދާޅުވެފައިވަނީ، ރޯދައަށް ހުރެގެން މުސްލިމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ފަރުޞު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި، ރަމަޟާން މަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، ތަރާވީޙު ނަމާދު ޖަމާޢަތުގައި އަދާކުރުމަށް މަސައްކަން ކުރަންޖެހޭ ކަމަށްވެސް އަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވާފައިވެއެއެވެ.