English Edition
Dhivehi Edition

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ވިދާޅުވީ، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 50 ލާރި ބޮޑު ވާނެ ކަމަށާއި، މިއަދުން ފެށިގެން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޑިސަލް ލީޓަރެއް 12.11ރ އަދި ޕެޓްރޯލް ލީޓަރެއް 11.49ރ އަށް ކަމަށެވެ .

އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:

ޕެޓްރޯލް (ލީޓަރެއް)

ކުރިން ލިބޭ އަގު: 10.79 ރުފިޔާ

އިތުރުކުރި އަދަދު: 0.70 ރުފިޔާ

މިހާރު ލިބޭ އަގު: 11.49 ރުފިޔާ

ޑިސަލް (ލީޓަރެއް)

ކުރިން ލިބޭ އަގު: 11.61 ރުފިޔާ

އިތުރުކުރި އަދަދު: 0.50 ރުފިޔާ

މިހާރު ލިބޭ އަގު: 12.11 ރުފިޔާ

އެސްޓީއޯއިން މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުވެސް ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިއިރު މިދިޔަ ޑިސެމްބަރ މަހު ވަނީ ތެލުގެ ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓާލާފައެވެ.