English Edition
Dhivehi Edition

އައްޑޫ ޔޫތުޗެލެންޖް 2020 ފުޓްބޯޅަ މުބާރަތުގެ ގުރުއަތުލުން ރޭ މީދޫ ފުޓްސަލް ދަނޑުގައި ބާއްވައިފިއެވެ.

20އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން މީދޫގައި އަލަށް ބާއްވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހުޅުދޫ ޔޫތު ފުޓްބޯޅަ ކުލަބާއި ހިތަދޫ ސްޕޯޓްސްއެވެ.

15 ސެޕްޓެމްބަރ 2020 ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 5 ޓީމް ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމުބާރާތުގައި ބައިވެރިވި 5 ޓީމް ކޮން މެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.

ޖުމްލަ 16 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްބޯޅަ ދަނޑުގައެވެ.

މި މުބާރަތާކީ އައްޑޫ ޔޫތްޗެލެންޖްގެ ނަމުގައި 20 އަހަރުން ދަށުގެ ކުޅުންތެރިންނަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވަން ހަމޖެހިފައިވާ މުބާރަތެއް ކަން މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.