ލިޔުނީ ޝަފްޤާ
މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދިން މީހުންގެ ފޮޓޯތައް އެ ގައުމުގެ ސަލާމަތީ ބާރުތަކުން އާއްމުކޮށްފިއެވެ.
އެ ގައުމުގެ ސަލާމަތީ ބާރުތަކުން އާއްމުކޮށްފައިވާ ލިސްޓުގައި 8 ފިރިހެނުންނާއި 1 އަންހެނަކާއެކު މުޅިއެކު ނުވަ މީހުންގެ ފޮޓޯވަނީ އާންމުކޮށްފައެވެ . ބޮން ގޮއްވާލި މައްސަލަގާއި މިހާރުވެސް ވަރަށް ގިނަބަޔަކު އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު ފުލުހުން ދަނީ އަދިވެސް މިކަމާއި ގުޅިގެން ގެތަށް ބަލާ ފާސްކޮށް ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރަމުންނެވެ.

މިއީ 1996 ވަނަ އަހަރުގެ ޖެނުއަަރީ 31 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2009ވަނަ އަހަރު ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުފަހުން އެގައުމުގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ.