English Edition
Dhivehi Edition

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ނިއުރެންބާގާއާއި ބަޔާން ބައްދަލު ކުރި މެޗުން ބަޔާން މޮޅުވިޔަ ނުދީ އެ ޓީމުން ހިފަހައްޓައިފިއެވެ.

ރޭ ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ނިއުރެންބާގާއިން އެންމެ ފަހުގެ ތިން އަހަރުގެ ލީގު ޗެމްޕިއަން މޮޅުވިޔަ ނުދީ ހިފެހެއްޓީ 1-1 ލަނޑުން މެޗު އެއްވަރު ކޮށްގެންނެވެ.

ލީގުގެ އެއް ވަނައިގައި ލީޑުނަގަން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ރޭގެ މެޗުން މޮޅުވެގެން ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތެވެ. މެޗުން އެއްވަރުވުމުން ބަޔާން އޮތީ ދެ ޕޮއިންޓުގެ ލީޑަކާއި އެކު ތާވަލްގެ އެއްވަނާގައެވެ. ބަޔާން އެއް ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު، އޮތް އިރު ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 69 ޕޮއިންޓެވެ.

ލީގުގެ ފުލުގައި އޮތް ނިއުރެންބާގާއި ލީގުގެ ޗެމްޕިއަން ކަމަށް ވާދަ ކުރާ ބަޔާން ބައްދަލު ކުރި މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނިއުރެންބާގާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމައަށް ކާމިޔާބުކޮށްދިނީ ކޯސްޓާ ޕެރޭރާ އެވެ. ރޭގެ މި ލަނޑައަށް ފަހު ބަޔާންގެ ފަރާތުން ގިނަ ހަމަލާތަކެއް ނިއުރެންބާގާގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. ނަތީޖާ ހަމަހަމަކުރަން ބަޔާނުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނިޓްގައި ކުރިން އާސެނަލަށް ކުޅުނު ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު ސާޖް ގްނަބްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޑޯޓްމަންޑް އެންމެ ފަހުން ކުޅުނު މެޗުން ޝާލްކާ އަތުން ބަލިވެފައިވާއިރު ލީގުގައި ބާކީ އޮތް ތިން މެޗު މޮޅުވުން ދެ ޓީމައަށް ވެސް ވަނީ މަޖުބޫރުވެފައެވެ.