އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އާއި ޗެލްސީ ބައްދަލު ކުރި މެޗުން ހޯދި މުހިއްމު ޕޮއިންޓާއި އެކު ޗެލްސީ ގަދަ ހަތަރެއްގެ އުންމީދު ބޮޑު ކޮށްފިއެވެ.
ރޭގެ މެޗުން އެއްވަރުވުމުން ޔުނައިޓެޑް ގަދަ ހަތަރަކުން ޖާގަ ލިބެން މިހާރު އޮތީ އެ މަގާމަށް ވާދަކުރާ ޗެލްސީ، އާސެނަލް އަދި ޓޮޓެންހަމް ވެސް ބާކީ އޮތް މެޗުތަކުން ބަލިވެގެންނެވެ.
ރޭގެ މެޗުން އެއްވަރުވެ، ޗެލްސީއަށް 36 މެޗުން 68 މެޗު ލިބިފައިވާ އިރު، އެޓީމު އޮތީ ހަތަރު ވަނައިގައެވެ. ހަވަނައިގައި ޔުނައިޓެޑް އޮތީ 36 މެޗުން 65 ޕޮއިންޓާއެކުގައެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެ މެޗު އޮތް އިރު، އާސެނަލް ފަސްވަނައިގައި އޮތީ 66 ޕޮއިންޓާއެކުގައެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މިމެޗު ނިމުނީ 1-1 ލަނޑުގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގެ ދެ ގޯލްވެސްް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ.
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާއިރު ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ ހުއާން މާޓާ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން އެދެވޭ ކުޅުމެއް ފުރަތަމަ ހާފުގައި ނުފެނުނު ނަމަވެސް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޗެލްސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 44 ވަނަ މިނެޓްގައި ޑިފެންޑަރު މާކޮސް އަލޮންސޯ އެވެ.