English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާން އާއި ޔުވެންޓަސް ބައްދަލު ކުރި މެޗުގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުން އޭނާ ކްލަބް ލެވެލްގައި 600 ލަނޑު ހަމަކުރި މިމެޗު ދެ ޓީމް ހަމަހަމަ ވެގެން ނިމިއްޖެއެވެ.

ކުރިން ޕޯޗްގަލްގެ ސްޕޯޓިންގް ލިސްބަންގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށާއި ސްޕެއިންގެ ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ރޮނާލްޑޯ ކްލަބް ލެވަލްގައި ރޮނާލްޑޯ ކުލަބް ލެވެލްގައި 600 ލަނޑުގެ ހަމަކޮށްފައިވާއިރު ފުރަތަމަ ފަސް ލަނޑު އޭނާ ޖެހީ ސްޕޯޓިންގް ލިސްބަންގެ ޖޯޒީގައެވެ. އޭގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ 118 ގޯލް ޖަހައިފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑުން 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު އެޓީމްގައި ހޭދަކުރި 9 އަހަރު ދުވަހުގެ ތެރޭގައި 450 ގޯލް ރޮނާލްޑޯ ވަނީ ޖަހައިފައެވެ.އިޓާލިއަން ލީގުގައި ރޮނާލްޑޯ ޖެހި ލަނޑަކީ މި ސީޒަންގައި ޔުވެންޓަސް އަށް އެނާ ޖަހައިދިން 27 ވަނަ ގޯލެވެ.

ރޮނާލްޑޯއާ ވާދަވެރި ބާސެލޯނާގެ މެސީ ރޭ ސްޕެނިޝް ލީގުގައި ލެވަންޓޭ ކޮޅަށް ޖެހި ގޯލާ އެކު މެސީވަނީ ރޮނާލްޑޯއަށް ވުރެ 121 މެޗު މަދުން ކުޅެ 682 މެޗުން 598 ލަނޑު ޖަހާފަ އެވެ. ރޮނާލްޑޯއާ ހަމަކުރަން މެސީ އަށް ބޭނުންވަނީ އެންމެ ދެ ގޯލެވެ. ރޮނާލްޑޯއާއި މެސީގެ ވާދަ ވެރިކަން ފާއިތުވި 10 އަހަރު ބޮޑު ވެފައިވާއިރު ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައެވެ.

މި ދެކުޅުންތެރިންނަށް ވުރެ ގިނައިން ކްލަބް ލެވެލްގައި ގޯލު ޖަހާފައިވަނީ ބްރެޒިލްގެ ޕެލޭ އާއި ރޮމާރިއޯގެ އިތުރުން ޖަރުމަނުގެ ގާޑް މުލާ އަދި ހަންގޭރީގެ ފްރޭންކް ޕުސްކަސް އެވެ.

ލީގުގައި ރޭ އިންޓަ މިލާނާ ޔުވެންޓަސް ބައްދަލުކުރި ފޯރިގަދަ މިމެޗު އެއްވަރުވީ 1-1 ލަނޑުންނެވެ.އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ރަޖާ ނައިންގޫލާންގެ ލަނޑުން އެ ޓީމު ކުރި ހޯދި އެވެ. ޔުވެންޓަސް އަށް ރޮނާލްޑޯ އެއްވަރުކޮށްދިނީ 62 ވަނަ މިނެޓުގަ އެވެ.