English Edition
Dhivehi Edition

އަވަށްޓެރި ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހަ ދިވެހިން ހައްޔަރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ އެއާކްރާފްޓް އިންޖިނިއަރިންގ ކިޔަވަމުންދާ ހަތަރު ދަރިވަރުން ހައްޔަރުކޮށްފައިވާ އިތުރު ދެ ދިވެހިންވެސްވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައެވެ.ފުރަތަމަ ހައްޔަރުކުރި ހަތަރު މީޙުން ހައްޔަރުކޮށްފައިވަނީ ފޭކް ލައިސެންސެއްގައި އެއާ ރައިފަލް ގެންގުޅުމުން ކަން ފަޅާއެރުމުންކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރިލަންކާގެ ފުލުހުން މިއަދު ހައްޔަރުކޮށްފައިވާ އެއް ދިވެހި މީހާއަކީ ގެއެއް ބަލާ ފާސްކުރި އިރު އެގެއިން އައިއެސްއާ ގުޅުން ހުރި ފޮތްތަކެއް ފެނިގެން ހައްޔަރު ކުރި މީހެކެވެ. ލަންކާގައި ދިރިއުޅޭ އެ ދިވެހި މީހާ ހައްޔަރުކުރީ އެ ގޭގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުންދާ ކުއްޖެއްގެ ތަކެތި ބަލާ ފާސްކުރި އިރު ފެނުނު ފޮތްތަކެއްގެ ސަބަބުންނެވެ.

އާދީއްތަ ދުވަހު ލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.