English Edition
Dhivehi Edition
Beautiful young girl drinking fresh orange juice

ހިކަނދިފަތުގެ ތާރީޚަށް ބަލާއިރު އެންމެ ފުރަތަމަ އެ ފެނިފައިވަނީ އިންޑިއާ ޖަންގަލިތަކުން ކަމަށްވެއެވެ.

އިންޑިއާގެ ޖަންގަލިތަކުން ބޭރުވެ ޕާކިސްތާން ސަރަހައްދަށްވަދެ، ބަންގްލާދޭޝާ ހަމައަށް ފޯރިއެވެ. އެއަށްފަހު ސްރީލަންކާ، އޮސްޓްރޭލިއާ އަދި އެފްރިކާއާ ހަމައަށް ހިކަނދިފަތް ފޯރިއެވެ.

ތާރީޚު ބުނާ ގޮތުގައި ފުރަތަމަ ގަރުނުން ފެށިގެން ހިކަނދިފަތް ބޭނުންކުރެއެވެ. އެހެންކަމުން އެއީ ދިގުތާރީޚެއް އޮތް ފަތެއް ކަމަށް ބެލެވެއެވެ. ހިކަނދި ނުވަތަ ހިކަނދި ފަތް ރާއްޖެއަށް ތައާރަފްވެފައިވަނީ އިންޑިއާ ނުވަތަ ސްރީލަންކާއިން ކަމަށް ބެލެވިދާނެ އެއެވެ.

hikandi-faiyy

މި ގަހަކީ 4-6 މީޓަރު އުހަށް ހެދޭ ގަހެކެވެ. މިގަހުގެ ފަތުގައި ހިތްގައިމު ވަހެއްހުރެއެވެ. ފަތުގެ ދިގުމިނުގައި ގާތްގަޑަކަށް 2-4 ސެންޓިމީޓަރ ހުރެއެވެ. ފުޅާ މިނުގައި 1-2 ސެންޓިމީޓަރ ހުރެއެވެ. އާންމު ގޮތެއްގައި ކޮންމެ ފަތްކޯޅިއެއްގައި ގާތްގަނޑަކަށް 11-21 ފަތް ހުރެއެވެ. ހިކަނދި ގަހުގެ ފަތަކީ ކިތަންމެ ފައިދާ ބޮޑު އެއްޗަކަށް ވިޔަސް އޮށަކީ ވިހައެއް ކަމުގައި ބުނެއުޅެއެވެ.

މިގަހުގެ ފަތުގައި ޕްރޮޓީންސް، ކާބޯހައިޑްރޭޓްސް، ފައިބަރ، މިނަރެލްސް ހުރެއެވެ. މިއީ ވިޓަމިންއާއި މިނެރަލްސް(މައުދަން) ފޮސްފަރަސް، ދަގަނޑުގެ ބައި، ނިކޮޓިނިކް އެސިޑް އަދި ވިޓަމިން ސީ މުއްސަދި އެއްޗެއް ކަމަށްވެއެވެ.

މިއީ ތަފާތު ކަންކަމަށް ފަރުވާ ދިނުމަށްވެސް ބޭނުން ކުރެވޭ ފަތެކެވެ. އެގޮތުން މާ ބަނޑު މީހުން ހޮޑުލުމުން ދުރުކޮށް ދިނުމަށް އެހީތެރިވެދެއެވެ. އެ ކަމަށް ފަރުވާ ކުރުމަށް ހިކަނދިފަތް އޮލަވާ ވަރަށްފުޑާފައި (ޕޭސްޓް ގޮތަށް) ރަހަ މީރުވަރަކަށް ލުބޯހުތް ފޮދަކާއި، މާމުއި އަދި ހަކުރު ކޮޅެއް އެއްކުރުމަށްފަހު ބޭނުން ކުރެވިދާނެއެވެ. މިއީ މޭނުބައި ކުރުމާއި ހޮޑުލަވާ ގޮތްވުމުން ދުރުކުރުވާ އެއްޗެއް ކަމަށްވެސް ވެއެވެ.

hikandi-faiy

ހިކަނދިފަތަކީ އިސްތަށި ބުޑަށް އާރޯކަން ގެނެސް އިސްތަށިގަނޑަށް އާ ދިރުމެއް ގެނެސްދޭ އެއްޗެކެވެ. އަޖުމަ ބެލުމުގެ ގޮތުން ވިއްސަކަށް ހިކަނދިފަތް ހޯދާށެވެ. އެއަށްފަހު ކާށިތެޔޮ ޖޯޑެއް ތެއްޔަކަށް އަޅާލާށެވެ. ދެން އޭގެ ތެރެއަށް ހިކަނދިފަތް އެޅުމަށްފަހު ފަތުގެ ކުލަ ކަޅުވަންދެން މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ހަފްތާއަކު 2 ނުވަތަ 3 ފަހަރު ބޮލުގައި ހާކާށެވެ. މީގެ ސަބަބުން އިސްތަށި ފެޅުމަށާއި ކުލަމަރުވާ ގޮތްވުމުން ސަލާމަތް ކޮށްދެއެވެ.

ހަކުރު ބަލި

ހިކަނދިފަތާ ބެހޭ ޓެސްޓްތައް މިހާރުވެސް ސައިންސުވެރިން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި ހިކަނދިފަތުގައި ސްޓާޗް ގުލުކޯޒަށް ބަދަލުވުން ލަސްކޮށްދޭ ބާރެއްވެއެވެ. ލޭހިނގާ ނިޒާމަށް ގުލުކޯޒް ދާވަރު ހިކަނދިފަތުން ކޮންޓްރޯލް ކޮށްދެއެވެ. ހެޔޮވަރުގެ ދިހަވަރަކަށް ތާޒާ ހިކަނދިފަތުން ޕޭސްޓް ތައްޔާރު ކުރާށެވެ. ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ހުސްބަނޑާހުރެ ކާލާށެވެ. މިގޮތަށް ތިންމަސް ވަންދެން ކުރިއަށް ގެންދާށެވެ. މިހެން ހެދުމުން ﷲގެ އިރާދަ ފުޅާއެކު ހަކުރުބަލި (އިންސިއުލިން ނުޖަހާ ވައްތަރު) ކޮންޓްރޯލް ކޮށްދެއެވެ. ބޭނުންނަމަ ޕޭސްޓްގޮތަށް ނަހަދާވެސް ބޭނުން ކުރެވިދާނެއެވެ. ހިކަނދު ފަތަކީ ބަރުދަން ލުއިކޮށްދޭ މާއްދާއެއްވެސް ހިމެނޭ ފަތެކެވެ.

img_3223

އަނގައިގެ ސިއްހަތު ރަނގަޅުގޮތުގައި ދަމަހައްޓައިދޭ މާއްދާތަކެއްވެސް ހިކަނދިފަތުގައި ހިމެނެއެވެ. ދެ ތިންފަތް އަނގަޔަށް ލައިގެން ހަފާލާށެވެ. އެއަށްފަހު ފަނަރަވަރަކަށް މިލިލީޓަރ ފެނުން ފަސް މިނިޓާއި، ހަތް މިނެޓާ ދެމެދު އަނގަ ދޮވެލާށެވެ. މިއީ ވަރަށް ފައިދާހުރި ކަމެއް ކަމަށް ދިރާސާތަކުންވަނީ ދައްކައިފައެވެ. މިއީ އަނގައިން ނުބައިވަސް ދުވުމުން ރައްކާތެރިކޮށްދޭ ކަމެއްވެސް މެއެވެ.

ހަށިގަނޑު ލުއިކުރުމާއި ސަރުބީ ދަށްކުރުން

ހަށިގަނޑުގައި އުފެދޭ ބޭކާރު ސަރުބީ ބޭރުކުރުމަށް ހިކަނދިފަތް އެހީތެރިވެދެއެވެ. ހިކަނދިފަތް ބޭނުން ކުރުމުގެ ނުރައްކާތެރި ސަރުބީ ހަށިގަނޑުން ބޭރުކޮށް މަދު ކޮށްލައެވެ. މިއީ ފަލަކޮށް ތިބޭ މީހުންނަށް އޮތް އުފާވެރި ޚަބަރެކެވެ. ކޮންމެ ދުވަހަކު ހެނދުނު 12 ވަރަކަށް ހިކަނދިފަތް ކާން ފަށާށެވެ. ހަތަރު ވަރަކަށް މަސްވާއިރަށް އިރާދަ ކުރެއްވިއްޔާ ބަރުދަން ލުއިވެ ރަނގަޅު ސިއްހަތަކަށް އިޔާދަވެވިދާނެއެވެ. އޭގެ އިތުރަށް ކަސްރަތު ކުރުމާއި ސިއްހީ ގޮތުން ރަނގަޅު އާދަކާދަތައް ގެންގުމަކީ ވަރަށް މުހިންމު ކަމެއްވެސް މެއެވެ.

ސޫފާސޫފި ހެފުމުން

ގައިގައި ފާރުކޮޅެއް ހުރި ކަމަށްވާނަމަ ހިކަނދިފަތުން ފަރުވާ ހޯދަން އަވަސްވެ ގަންނާށެވެ. އަވަހަށް ފަތް ޗިސްކޮށްލާށެވެ. ފާރުވެފައިވާ ތަނުގައި އަޅާށެވެ. އިރާދަ ކުރެއްވިއްޔާ އިތުރަށް އެތަނެއް ހަލާކުނުވެ ރަނގަޅުވެގެން އަންނަތަން ފެންނާނެއެވެ.

tea-curryleaves2

ސުފާސޫފި ހަފައިގެން ވިހަވެފައިވާ ތަނެއް ހުރިނަމަ ހިކަނދިގަހުގެ މޭވާ ހޯދައިގެން ކުޑަލުބޯހުތް ފޮދަކާ އެއްކުރުމަށްފަހު ވިހަވާ ތަންތަނާއި، ސޫފާސޫފި ހަފާފައިވާ ތަންތަނުގައި ހާކާލާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ. ހިކަނދިފަތަކީ ބޭރަށް ހިންގާ މީހުންނަށްވެސް ފަރުވާއެކެވެ. ހިކަނދިފަތުން ޖޫސް ހަދައިގެން ބޯލާށެވެ. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެއެވެ. މިފަތް މިކަމަށް ރޮލާވެސް ބޭނުން ކުރެވިދާނެއެވެ.

ކެންސަރުންވެސް ރައްކާތެރި ކޮށްދޭ

ހިކަނދިފަތަކީ ކެންސަރު ސެލް މަރާލާ އަދި އެބަލިން ރައްކާތެރިވުމަށް ބޭނުންވާ މާއްދާތަކެއް އެކުލެވިގެންވާ ފަތެއް ކަމަށްވެއެވެ. ލޭގެ ކެންސަރު (ލިއުކީމިއާ)، ޕްރޮސްޓޭޓް ކެންސަރު، ހަޖަމް ކުރުމުގެ ނިޒާމްގެ ކެންސަރު، އުރަމަތީ ކެންސަރު، ގޮހޮރުގެ ކެންސަރަށްވެސް މިފަތުން ފަރުވާ ހޯދޭނެކަން ގިނަ ހޯދުންތަކުން ހޯދިފައިވެއެވެ.
ކެންސަރުގެ އިތުރަށް ހަޖަމްކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށްވެސް ހިކަނދިފަތުން ފަރުވާ ހޯދިދާނެއެވެ. ހިކަނދިފަތުން ޖޫހެއް ތައްޔާރުކޮށްގެން ބޭނުން ކުރާށެވެ. ރަހަ މީރު ކުރުމުގެ ގޮތުން ޖޫހުގެ ތެރެއަށް ލުނބޯކޮޅެއް ފިތާލާށެވެ. ހިކަނދިފަތް ޕޭސްޓްގޮތަށް ތައްޔާރު ކޮށްގެން ބަޓަރ މިލްކާ އެއްކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާ ބޭނުން ކުރުމުން ހަޖަމް ކުރުމުގެ މައްސަލަތައް ހައްލުވާ ކަމަށްވެއެވެ.

ކޮންމެ ބައްޔަކަށް ޝިފާ ދެއްވާނީ ގަދަ ކީރިތިވަންތަ މާﷲ ސުބުހާނަހޫ ވަތާއާލާ ކަން ހަނދާން ބަހައްޓާށެވެ.