English Edition
Dhivehi Edition

އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ “ތޯރންވުޑް ކާސްލް” ތިބާ ދަނަމުހެއްޔެވެ؟ އިންޑިއާގެ އާގަރާގައި ހުންނަ ތާޖުމަހަލް ހަމަގައިމުވެސް ދަންނަމުތާއެވެ.

ތޯރންވުޑް ކާސްލް އަކީވެސް ތާޖުމަހަލްއަށް ދޫކުރާ ތަނެއް ނޫނެވެ. އެއީވެސް ލޯބީގެ ރަމްޒެކެވެ. ފިރިއަކު އޭނާގެ ލޯބިވާ އަނބި މީހާއަށް ޓަކައިވި މަތިވެރި ގުރުބާނީއެއްގެ ރަމްޒެކެވެ.

ތޯރންވުޑް ކާސްލްއަކީ އެތަން ބަލާލާ ކޮންމެ މީހަކު އާޝޯޚު ކޮށްލާ ފަދަ ރީތި ތަނެކެވެ. ހަމައެކަނި، އެތަނުގައިވާ ސަތޭކަ އޭކަރުގެ ބޮޑު ބަގީޗާ އަށް ނަޒަރު ހިންގާލިއަސް ހައިރާންކަން ގެނެސް ދޭނެ އެވެ.

sunshine

ދުނިޔޭގެ މުއްސަދިން އެތަންމިތަނުން އައިސް އެމީހުންގެ ދަރިންގެ ކައިވެނީގެ ހަފްލާތަކާއި، އެފަދަ އެތައް ހަފްލާއެއް ބާއްވާތަނަކަށް މިއަދު އެތަން ވަނީ ވެފައެވެ. މީގެ އިތުރަށް މަޝްހޫރު އެތައް އިނގިރޭސި ފިލްމު ތަކުގެ މަންޒަރުތައްވެސް މި ގަނޑުވަރުގައި ނަގައިފައިވެއެވެ.
ފެންނަންހުރި ކަމަށް ބުނާ ލިޔެ ކިޔުން ތަކުން ދައްކާ ގޮތުގައި މި ގަނޑުވަރަކީ، 1900 ގެ އަހަރު ތަކުގެ ތެރޭގައި ވޮޝިންޓަނުގައި އުޅުނު މިލިއަނަރެއް ކަމުގައިވާ ޗެސްޓާ ތޯރން އޭނާގެ އަންހެނުންނަށް ޓަކައި ބިނާކުރި ގަނޑުވަރެކެވެ.

1907 ވަނަ އަހަރުގެ ތެރޭގައި، ޗެސްޓާގެ ކިބައިން ގަނޑުވަރެއް ބިނާކޮށްދޭން އޭނާގެ އަންހެނުން އެދުނު ކަމަށްވެއެވެ. އޭގެ ދުވަސް ކޮޅެއްފަހުން ޗެސްޓާ އިންގްލެންޑުން ގަނޑުވަރެއްގަތެވެ. އެއީ 400 އަހަރު ވެފައިވާ “އެލިޒަބަތު މެނޮރ” އެވެ. އެލިޒަބަތު މެނޮރ ރޫޅާލުމަށް ފަހު އެތަނުގެ ގާތަކާއި އެހެނިހެން ސާމާނު އެމެރިކާއަށް އޭނާ ގެންދިޔައެވެ. މިތަކެތި އިންގްލެންޑުން ވޮޝިންޓަނަށް ގެންދިޔައީ ކަނޑުދަތުރުކުރާ ތިން ބޯޓަކުންނެވެ. ސާމާނު ގެންދިޔައީ ސީދާ ޗެސްޓާގެ ބެލުމުގެ ދަށުންނެވެ.

މިތަކެތި ގެންދިޔުމަށްފަހު 1908 ވަނަ އަހަރު މި ގަނޑުވަރު ބިނާ ކުރަން ފެށި ކަމަށްވެއެވެ. ގަނޑުވަރު އިމާރާތް ކުރުމުގައި އެންމެ އިސްކޮށް ހުރީ އިމާރާތް ކުރުމުގެ ދާއިރާގައި، އެޒަމާނުގައި އެންމެ ހުނަރުވެރި މާހިރެއް ކަމުގައިވި “ކާޓްލެންޑް ކެލްސީ ކަޓަރ” ނަމަކަށް ކިޔާ މީހެކެވެ.

މި ގަނޑުވަރު ބިނާކޮށް ނިންމަން ތިން އަހަރު ހޭދަވި ކަމަށްވެއެވެ. މި ގަނޑުވަރު ބިނާ ކޮށް ނިމުނު އިރު ގަނޑުވަރުގެ ބޮޑު މިނުގައި 27000 އަކަ ފޫޓު ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ. މި ގަނޑުވަރުގެ ބޭރުގައިވާ ބޮޑު ބަގީޗާއަށް އޭންނާ (ޗެސްޓާގެ އަންހެނުން) ސިއްރު ބަގީޗާ އޭ ވެސް ކިޔައި އުޅުނު ކަމަށް ވެއެވެ.

މި ގަނޑުވަރުގައި އެ ދެމަފިރިންނާއެކު އެމީހުންގެ އަންހެންދަރި އަނީތާ ވެސް ދިރި އުޅުނު ކަމަށް ވެއެވެ. އެ މީހުންގެ ޚިދުމަތުގައި 40 ޚައްދާމުން އުޅުނެވެ. ބަގީޗާ ބަލަހައްޓަން 28 މީހުން އުޅުނެވެ.

casle

ލޯބިން އެކާޅީސް އަހަރު މިދެމަރިން އެކީގައި އުޅުނެވެ. ލޯބިވެތި އެދުވަސްތަކަށްފަހު 1927 ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ވީ އާދީއްތަ ދުވަހު ޗެސްޓާ ވަނީ މިދުނިޔެ ދޫކޮށްފައެވެ. އޭނާ އަންހެނުން އެނާ މިދުނިޔެ ދޫކޮށްދިޔައީ އޭގެ ހަތާވީސް އަހަރު ފަހުން، 1954 ވަނަ އަހަރުއެވެ.

މިއަދު މި ގަނޑުވަރު ވަނީ ދުނިޔޭގެ މަޝްހޫރު 10 ބިނާ ތަކުގެ ތެރޭގައި ހިމެނިފައެވެ. މިތަނަކީ ބޮޑެތި ހަފްލާ ތައް ބާއްވާ ތަނެއް ކަމުގައި ވެފައިވެއެވެ.

ޒަމާން ބަދަލު ވެދިޔަސް ހެޔޮހިތުން ވެވިފައިވާ ހަގީގީ ލޯބީގެ މިސާލު ތަކުގެ ވާހަކަ ތަކަކީ ފަނޑުވުމެއް އައުމެއްނެތް ވާހަކަތަކެކެވެ.