English Edition
Dhivehi Edition

ވިއެޓްނާމް އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓަރގެ “އެމްވީ ޖޭޑް ޑީ” ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.

ފިލިޕީންސްއަށް އުފަން އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް “ހަކުރާ” ލޯންޗުގައި ހިތަދޫއަށް ގެންގޮސްދީފައި ވަނީ ރޭ 4:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެެފް އުޅަނދަށް ނަގާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ސިއްހީ އަވަސް ފަރުވާ ދިނުމަށް މި މީހާ ހިތަދޫއަށް ގެނެސްދީފައިވަނީ މެއަށް ތަދެއްއަރައި ނޭވާލާން އުނދަގޫ ވުމުންނެވެ.