English Edition
Dhivehi Edition

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން އައްޑޫގައި ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލްގެ މެންޑޭޓުގެ ދަށަށް ބަދަލުވުމާ ގުޅިގެން އެޚިދުމަތްތައް މިއަދުން ފެށިގެން ފޯރުކޮށްދޭނީ އައްޑޫސިޓީ ކައުންސިލުން ކަމަށް ކައުންސިލް އިދާރާއިން ބުނެފިއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ވިޔަފާރިއާއި ގުޅޭ އެހެނިހެން ޚިދުމަތްތައް ކުރިން ފޯރުކޮށްދެމުން ގެންދެވީ މިނިސްޓްރީން އައްޑޫގައި ގާއިމުކޮށްފައިވާ އޮފީހުުންނެވެ. ނަމަވެސް މިހާރު އެޚިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުވުމާއެކު އަވަށު އޮފީސްތަކުން ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ދެމުން ގެންދިޔަ ޚިދުމަތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވަނީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ. ނަމަވެސް އެނިންމުން ބަދަލުކޮށް އަލުން ޚިދުމަތްތައް ކައުންސިލްގެ ދަށަށް މިހާރު މިވަނީ ބަދަލުކުރެވިފައެވެ.